ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީގެ ކުރިން ގޭންގު ކުށްތައް ހުއްޓުވަން ސަރުކާރުތަކުން ބިރުގަތް: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގޭންގު ކުށްތައް ހުއްޓުވުމަށްޓަކައި ފިޔަވަޅުތަކެއް އަޅަން މީގެ ކުރިން ރާއްޖޭގެ ވެރިކަމަށް އައި ސަރުކާރުތަކުން ބިރުގަތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ގޭންގު ކުށްތައް ހުއްޓުވުމުގެ ގޮތުން ހުށަހަޅައި ފާސްކުރި ބިލާއި ގުޅޭގޮތުން ޝުޖާއު ވިދާޅުވީ، ރާއްޖޭގެ މުޖުތަމައަކީ ކުށް މަދު ރައްކައުތެރި އަދި ހަމަހިމޭންކަމާއިއެކު ކޮންމެ ދިވެހި ރައްޔިތަކަށްވެސް ރާއްޖޭގެ ކޮންމެ ރަށެއްގައި މިނިވަންކަމާއި ސުލްހަވެރިކަމާއިއެކު އުޅެވޭނެ މާހައުލެއް ގާއިމުކުރުމަކީ ރާއްޖޭގެ ރައްޔިތުންނަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ މުހިންމު ވައުދެއްކަމަށެވެ.

ޝުޖާއު ވިދާޅުވީ، ގޭންގު ކުށްތަކުގެ މައްސަލައަށް އެދެވޭ ހައްލެއް ގެންނަން ވޭތުވެދިޔަ ސަރުކާރުތަކަށް ނުކެރިގެން އުޅުނު މަންޒަރު ފެނުނުކަމަށެވެ. މެމްބަރު ވިދާޅުވީ، ވޭދުވެދިޔަ ސަރުކާރުތަކުން އުޅުނީ ހައްލެއް ގެނައުމަށްޓަކައި ފިޔަވަޅެއް އަޅަން ބިރުންކަމަށާއި ނަމަވެސް މިއަދު ގައުމުގައި ހުރި މައްސަލަތައް ހައްލުކޮށްދީ ވީދިފައިވާ އިޖްތިމާއީ ފޭރާން އަނބުރާ އިޔާދަކޮށް ދިވެހި ކޮންމެ އާއިލާއަކަށްވެސް މިނިވަންކަމާއިއެކު މަގުތަކުގައި ހަރަކާތްތެރިވާނެ ފުރުސަތު އޮތުމަކީ ދިރިއުޅުމުގެ ހައްގެއްގެ ގޮތުގައި ގާނޫނުއަސާާސީން ބަޔާންކޮށްފައިވާ ކަމެއް ކަމަށް ފާހަގަކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، އިޖްތިމާއީ ފޭރާން ރައްކައުތެރިކަމާއިއެކު އިޔާދަކުރެވިގެންދާނީ ގޭންގު ކުށްތައް ހުއްޓުމާއި ބެހޭ ގާނޫނު ފަދަ ގާނޫނުތަކެއް ވުޖޫދުކޮށްގެންކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި ރާއްޖޭގެ މުޖުތަމައުގައި ކުށެއް ނެތް މައުސޫމު ރައްޔިތުން ތޫނު ހަތިޔާރު ބޭނުންކޮށްގެން މީގެ ކުރިން މަރާފައިވާކަމަކީ ފެންނަން އޮތް ހަގީގަތެއްކަމަށާއި ނަމަވެސް އެދެވޭ ހައްލުތަކެއް ގެނެވިފައިނުވާއިރު ޝިކާރައަކަށް ވެގެންދިޔަ މީހުންގެ އާއިލާތަކަށް އިންސާފު ނުލިބި އެތަކެއް ދަތިތަކެއް ތަހައްމަލުކުރަމުންދާކަމަކީވެސް ހަގީގަތެއްކަމަށް ފާހަގަކުރެއްވިއެވެ.

ޝުޖާއު ވިދާޅުވީ، މަސްތުވާތަކެތި އާންމުވެ ބޮޑެތި ނެޓްވޯކްތައް ހެދި ރާއްޖޭގެ ކުޑަ މުޖުތަމައު ހަލާކުގެ ތެރެއަށް ވެއްޓެމުންދާކަމަކީ މި ގައުމުގެ ތާރީހުގައި މި ވެރިކަމާއި ހަމައަށް އައިިރު ވެރިކަމަށް އައިސްފައިވާ ހުރިހާ ރައީސުންނަށްވެސް ފެންނަން އޮތް ހަގީގަތެއްކަމަށެވެ. ނަމަވެސް މިކަމަކީ ސިޔާސީކަމަކަށް ނުހަދާ މުހިންމު މައްސަލައަށް ހައްލުތަކެއް ގެނެވޭނީ ހުރިހާ ސިޔާސީ ބޭފުޅުންވެސް އެކުގައި މަސައްކަތްކޮށްގެންކަމަށް ގަބޫލުކުރައްވާކަމަށެވެ.

މެމްބަރު ވިދާޅުވީ، ކޮމިޓީ މަރުހަލާގައި ބިލަށް މުހިންމު އިސްލާހުތަކެއް ގެނެވިފައިވާކަމަށެވެ. އެގޮތުން ގޭންގުތަކަކީ ކޮބައިކަމުގެ އިތުރުން މެމްބަރުން ކަނޑައެޅިގެންދާނެ ގޮތާއި އެހެނިހެން ކަންކަންވެސް ހިމަނައިގެން އިސްލާހުތަކެއް ގެނެސްފައިވާކަމަކީ ފެންނަން އޮތް ކަމެއް ކަމަށެވެ. އަދި މިބިލުގެ ސަބަބުން ރާއްޖޭގައި މިނިވަންކަމާއިއެކު އެއްވެސް ބިރުވެރިކަމެއް ނެތި އުޅެވޭނެ މާހައުލެއް ބިނާކުރުމުގެ ފުރުސަތު ފަހިވެގެންދާކަމަށާއި ރައީސް ޑރ މުއިއްޒު މި ބިލު މަޖިލީހަށް ފޮނުއްވީ ވަރަށް މުހިންމު މަގުސަދެއްގައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: