ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން ފައިސާ ޗާޕުކޮށްގެން ޕްރޮޖެކްޓުތައް ފަށަން ކަނޑައެޅި ސައިޓުތައް ހުރީ ގަސްހެދިފައި: ސައީދު

މިނިސްޓަރ ސައީދު، ޕީއެންސީ ބޭއްވި ޕްރެސް ކޮންފަރެންސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފައިސާ ޗާޕުކޮށްގެން އިންތިހާބާއި ގާތްކޮށް އެމްޑީޕީން ފެށި ޕްރޮޖެކްޓުތަށް ކަނޑައެޅި ސައިޓުތަކުގައި މަސައްކަތްތައް ކުރިއަށް ނުދިއުމުގެ ސަބަބުން އިސްކޮޅާ ހިސާބަށް ގަސް ހެދިފައިވާކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގެ ދައުރުގައި 8 ބިލިއަން ރުފިޔާ ޗާޕުކުރުމަށްފަހު ހަރަދަށް ޒިންމާވާ ގާނޫނުގެ މާއްދާއެއްގެ ތިން އަކުރެއްގައި ތަޅުއަޅުވާލިކަމަށެވެ. އެހެންކަމުން ކުރަމުންދިޔަ ހަރަދުތަކަށް ޒިންމާވާން ނުޖެހުނުކަމަށާއި ގެއެއްގެ އުސޫލުން ވިސްނަވާނަމަ އެފަދަ އަމަލެއް ހިންގުމުން ކޮންމެ މީހަކުވެސް ކުރަމުންދާނީ ހަރަދުތަކެއްކަން ފެނިގެންދާނެކަމަށެވެ.

ސައީދު ވިދާޅުވީ، އެއްވެސް މީހަކު އެ ހަރަދުތަކަށް ޒިންމާވާން ނުޖެހޭނެކަމަށާއި ކަރަންޓާއި ފެނާއި ފޯނު އަދި ޓީވީގެ އިތުރުން އެފަދަ އެއްވެސް ހަރަދަކަށް ޒިންމާތަކެއް އުފުލަން ނުޖެހޭނަމަ އެހިސާބުން ހިތްއެދޭ ކޮންމެ އެއްޗެއްވެސް ގެނެސްގެން ކާންވީކަމަށެވެ. އެ އުސޫލުން އޭރު ހުރި ރައީސް ދައުލަތުގެ ހަރަދަށް ޒިންމާވުމުން އިސްތިސްނާވެގެންދިޔަކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި އެގޮތުގެ މަތިން އަމަލުކުރެއްވިކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، އޭރުގެ މަޖިލީހުންވަނީ ރައީސް ސާލިހު ހަރަދަށް ޒިންމާ ނުވާ ގޮތަށް ވެރިކަން ކުރުމަށް ފުރުސަތު ފަހިކޮށްދީފައިކަމަށާއި ނަމަވެސް އޭރު އިދިކޮޅުގައި އޮތް ޕްރޮގްރެސިވް ކޯލިޝަންގެ 6 ވަރަކަށް މެމްބަރުންވަނީ އެކަން އެގޮތަށް ނުކުރެއްވުމަށް ތަކުރާރުކޮށް އިލްތިމާސްކުރައްވާފައިކަމަށް ވިދާޅުވިއެވެ. ނަމަވެސް އެމްޑީޕީންވަނީ ތަކުރާރުކޮށް އެކަން ކުރާނެކަމަށް ބުނެފައިކަމަށާއި އެހެންކަމުން އެގޮތުގެ މަތިން އަމަލުކުރަމުން ގެންދިޔަކަމަށެވެ.

ސައީދު ވިދާޅުވީ، ހަރަދަށް ޒިންމާވާން ނުޖެހޭ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށްފަހު އެ ދައުރުގައި ފައިސާ ޗާޕުކުރުމުގެ މަސައްްކަތްތައް ކުރަމުންދިޔަކަމަށާއި އެކި ބުރުތަކުގެ މަތިން ޗާޕުކުރަމުންގޮސް 8.5 ބިލިއަން ރުފިޔާ ޗާޕުކޮށްލިކަމަށް ހިއްސާކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، ފައިސާ ޗާޕުކޮށްގެން އިންތިހާބާއި ގާތްވުމުން ރަށްތަކުގައި ގިނަ އަދަދެއްގެ ޕްރޮޖެކްޓުތައް ފެށިކަމަށާއި އެގޮތުން ފެށި މަސައްކަތްތަކުގެ ތެރެއިން 20 މިލިއަންގެ ހަރަދެއް ހިނގާނެ ޕްރޮޖެކްޓުތަކަށް 2 މިލިއަން ރުފިޔާ ކަނޑައެޅުން ފަދަ އަމަލުތައް ހިންގާފައިހުރިކަމަށެވެ.

އެހެންކަމުން މިއަދު ސަރުކާރުން އެކި ރަށްތަކަށް ޒިޔާރަތްކުރުމުން އެފަދަ ޕްރޮޖެކްޓުތައް ފެށުމަށްޓަކައި ރޯނު ދަމާލާފައިވާ ސަރަހައްދުތައް ރައްޔިތުން ދައްކާކަމަށާއި އެތަންތަނުގައި އިސްކޮޅާ ހަމައަށް ގަސް ފަޅާފައިހުރިކަމަށް މައުލޫމާތު ދެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، ޕްރޮޖެކްޓުތައް ކުރިއަށް ގެންގޮސްފައިނުވާކަމަށާއި ނަމަވެސް ރައީސް ޑރ މުއިއްޒުވަނީ ކެތްތެރިކަމާއިއެކު އެ މަސައްކަތްތައްވެސް ނިންމަވައިދެއްވާނެކަން ހިއްސާކުރައްވާފައިކަމަށާއި ފައިސާ ޗާޕުކުރުންފަދަ އަމަލުތަކެއްވެސް ނުހިންގަވާނެކަން ހިއްސާކުރައްވާފައިވާކަމަށެވެ.

ސައީދު ވިދާޅުވީ، ރައީސް ޑރ މުއިއްޒު ވެރިކަމަށް ވަޑައިގަތުމާއިއެކު އެމްޑީޕީންވަނީ ހަރަދަށް ޒިންމާވާ ގާނޫނުގައި ތަޅުލާފައި ހުރި ތިން އަކުރު އަލުން ހުޅުވާލާފައިކަމަށެވެ. އެހެންކަމުން އެވަގުތު ހުންނެވި ރައީސް ހަރަދުތަކަށް ޒިންމާވާންޖެހުނުކަމަށާއި އެއީ ކިހާ ޑީމޮކްރެޓިކް އުސޫލެއްތޯ ސުވާލުކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: