ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު އެމްއެންއެސްޔޫ ފުޓްސަލް ފިއެސްޓާ ފަށައިފި!

ދިރާގު އެމްއެންއެސްޔޫ ފުޓްސަލް ފިއެސްޓާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު އެމްއެންއެސްޔޫ ފުޓްސަލް ފިއެސްޓާ 15 މޭ 2025 ވާ ބުރާސްފަތި ދުވަހު ފަށައިފިއެވެ.

މިއީ، 2013 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ ސްޓޫޑެންޓްސް ޔުނިއަން (އެމްއެންއެސްޔޫ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ރާއްޖޭގެ ކޮލެޖް އަދި ޔުނިވަރސިޓީތަކުގެ މެދުގައި ބާއްވާ އެންމެ ވަރުގަދަ ފުޓްސަލް މުބާރާތެވެ.

މި މުބާރާތުގެ މަގުސަދަކީ ދަރިވަރުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، ފުޓްސަލް ހުނަރު ތަރައްގީކޮށް ކުޅުންތެރިން ބިނާކުރުމަށް އެހީތެރިވެދިނުމެވެ.

އަންހެން އަދި ފިރިހެން ޑިވިޝަން ވަކިން ކުރިއަށް ގެންދާ މި މުބާރާތުގައި ޖުމްލަ 27 ޓީމުން ބައިވެރިވެ، 500 އަށް ވުރެ ގިނަ ކުޅުންތެރިން ފެނިގެންދާނެއެވެ. 15 އިން 30 މޭ އަށް ކުރިއަށްގެންދާ މި މުބާރާތް ކުރިއަށްދާނީ ހުޅުމާލެ ރެހެނދި ފުޓްސަލް ދަނޑުގައެވެ.

މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންނާ ސަޕޯޓަރުންނަށް ހާއްސަކޮށްގެން ދިރާގުން ވަނީ ހާއްސަ އޮފަރތަކެއް ތައާރަފްކޮށްފައެވެ. މި ގޮތުން، ދިރާގު ކަސްޓަމަރުންނަށް ޕީއެސް5 އެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ. މީގެ އިތުރުން، މުބާރާތް ކުރިއަށްދާ ކޮންމެ ދުވަހަކު ދަރިވަރުންނަށް ހާއްސަ އޮފަރތަކެއް ދިނުމަށް ވެސް ދިރާގުން ވަނީ ކަނޑައަޅައިފައެވެ.

ދިރާގަކީ، ރާއްޖޭގައި ފުޓްސަލް ފަދަ މަގްބޫލު ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: