ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑީޔާރުގޭގެ މިނިވަންކަމާއި، ޤާނޫނުގެ ވެރިކަން މި ސަރުކާރު ދަމަހައްޓާނެ: ޚަލީލް

ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް.
ޝެއާރކޮށްލާ ކަހަލަދޯ؟

ފަނޑީޔާރުގޭގެ މިނިވަންކަމާއި، ޤާނޫނުގެ ވެރިކަން ދެމެހެއްޓުމުގައި މި ސަރުކާރު އަބަދުވެސް ދެމި އޮންނާނެކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެފަދައިން ވިދާޅުވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރ ވިދާޅުވީ، ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުން ޝަރުއީ ދާއިރާގެ ކަންކަމަށް އަތްބާނައި، ނުފޫޒު ފޯރުވުމަށް މަސައްކަތް ނުކުރާނެ ކަމަށާއި، ޑިއު ޕްރޮސެސް ފުރިހަމަ ކުރުމަށް މި ސަރުކާރުން ޖާގަ ދޭނެ ކަމަށެވެ.

މިހާރު ފެންމަތިވެގެން މި އުޅޭ މައްސަލައަކީވެސް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ތަހުގީގު ހިންގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، މަޖިލީހުން ދެ ފަނޑިޔާރަކު ވަކި ކުރުމަށް ފާސްކޮށްފައިވާ މައްސަލައެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ފަނޑީޔާރުގޭގެ މިނިވަންކަމާއި، ޤާނޫނުގެ ވެރިކަން ދެމެހެއްޓުމުގައި މި ސަރުކާރު އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ. އަދި ވިދާޅުވީ، އިދިކޮޅު ފަރާތްތަކުންވެސް ވާހަކަ ދައްކަވާއިރު ޒިންމާދާރުކަމާއެކު ވާހަކަ ދައްކަވަން ޖެހޭ ކަމަށެވެ.

މިނިސްޓަރ އެފަދައިން ވިދާޅުވެފައިމިވަނީ ސުޕްރީމް ކޯޓަށް ރައީސް ގޮންޖައްސަވައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބޭރުކުރުމަށް ސަރުކާރުން ކުރީ ޤާނޫނާ ޚިލާފު ކަންކަންކަމަށް އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: