ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފުށީ ޖަލުގެ ޤައިދީންނަށް ޚާއްސަ “އިންމޭޓްސް ފުޓްސަލް ޓޯނަމަންޓް 2025” ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ މާފުށީ ޖަލުގައި ޙުކުމް ތަންފީޛުކުރަމުންދާ ޤައިދީންނަށް ޚާއްސަކޮށް “އިންމޭޓްސް ފުޓްސަލް ޓޯނަމަންޓް 2025” މިއަދު ފަށައިފިއެވެ.

“އިންމޭޓްސް ފުޓްސަލް ޓޯނަމަންޓް 2025” ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި، މި ޓޯނަމަންޓް އިފްތިތާޙުކޮށްދެއްވީ ޕްރޮސެކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޢައްބާސް ޝަރީފުއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާންވެސް ވަނީ ބައިވެރިވަޑައިގެންފައެވެ.

އެމްސީއެސްއިން ބުނެފައިވަނީ މި ޓޯނަމަންޓް އިންތިޒާމްކޮށް ހިންގުމުގެ މައިގަނޑު ބޭނުމަކީ ޤައިދީންގެ މެދުގައި އެކުވެރިކަން އާލާކޮށް، ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް ބާރުއެޅުމާއި ހުސް ވަގުތުތައް ބޭނުންތެރި، އުފާވެރި ގޮތެއްގެ ހޭދަކުރުމަށް ބާރު އެޅުން ކަމަށެވެ. އަދި މިފަދަ ހަރަކާތްތަކުގައި ގިނައިން ބައިވެރިވުމަކީ ޤައިދީންގެ އުޅުމާއި އަޙްލާގަށް ހެޔޮ ބަދަލު އައިސް، އިސްލާޙުވުމަށް ލިބޭ އިތުރު ހިތްވަރެއް ކަމަށް ވަނީ ބުނެފައެވެ. އެގޮތުން ކަރެކްޝަންސްއިން އަންނަނީ ސަރުކާރުގެ ޕޮލިސީ ތަކާއި އެއްގޮތަށް ޤައިދީން ރިހެބިލިޓޭޓްކޮށް، މުޖުތަމަޢުއަށް އަނބުރާ ގެނައުމަށް މިހާރު ހިންގާ ޕޮރޮގްރާމްތަކުގެ އިތުރުން ގިނަ ޕްރޮގްރާމްތަކެއް ހިންގުމަށް ތައްޔާރު ވަމުން ކަމަށް ވަނީ ބުނެފައެވެ.

މި ޓޯނަމަންޓްގައި އެކި ޤައުމުތަކުގެ ބައެއް ޤައިދީންނާއެކު ޖުމްލަކޮށް 114 ޤައިދީން ބައިވެރިވެފައިވެއެވެ. މި ޓޯނަމަންޓް ފެށުމުގެ ރަސްމިއްޔާތުގައި ރިހެބިލިޓޭޝަނަށް ޚާއްސަ ލަވައެއް މިނިސްޓަރ އިހުސާން ވަނީ އިފްތިތާޙް ކޮށްދެއްވާފައިވެއެވެ. ޓޯނަމަންޓްގެ ބައިވެރިންނާ މުޙާތަބްކުރައްވަމުން މިނިސްޓަރ ވިދާޅުވީ ޖަލުގައި ހުންނަ ވަގުތުކޮޅު ހޭދަކޮށްފައި ޖަލުން ނިކުމެގެން ދާއިރު ޒިންމާދާރު އަދި އެބަޔަކަށްޓަކައި އެންމެން ފަޚުރުވެރިވާ، އަދި ޢާއިލާތައްވެސް ފަޚުރުވެރިވާފަދަ ބަޔަކަށް ހެދުމަށްޓަކައި މިފަދަ އެކިއެކި ޕްރޮގްރާމްތައް ހިންގޭކަމަށާއި މި ޓޯނަމަންޓްގައި އެހާ ފުރިހަމައަށް ބައިވެރިވެފައިވާތީ އެއީ، މި މަސައްކަތުގެ ކާމިޔާބީއެއް ކަމަށެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ ކަރެކްޝަންސްގެ މަސައްކަތަކީ ވަރަށް މުޙިއްމު ޤައުމީ މަސައްކަތެއް ކަމަށާއި ޖަލުގައި ތިބި ފަރާތްތަކުގެ ތެރޭގައި ގާތްގަނޑަކަށް 80 އިން ސައްތައަކީ އުމުރުން 35 ވުރެއް ހަގު ކުދިންކަމަށާއި އެއީ މި ޤައުމުގެ މުސްތަޤްބަލް ކަމަށެވެ. އަދި ރަނގަޅު ރިހެބިލިޓޭޝަން ޕްރޮގްރާމްތަކެއް ހިންގިގެން ޖަލުން ސަލާމަތްވެ، މުޖްމަޢުއަށް ޚިދުމަތްކުރާނެ ބަޔަކަށް ހެދުމަކީ އަމާޒެއް ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: