ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިން ކަމެއް ރަނގަޅަށް ގޮސްފައިނެތުމަކީ މިއަދު ރަނގަޅަށް ނުދާނެކަމަށް ބެލެވޭ ސަބަބެއް ނޫން: އިބްރާހިމް މުހައްމަދު

މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) -- ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ކުރިން އުފެއްދި ރިޔާސީ ކޮމިޝަންތަކުގެ މަސައްކަތްތައް ރަނގަޅަށް ކުރިއަށް ގެންދެވިފައި ނެތުމަކީ މި ސަރުކާރުން އުފައްދާފައިވާ ކޮމިޝަންގެ މަސައްކަތްތައް ރަނގަޅަށް ނުދާނެކަމަށް ބަލަންވީ ސަބަބެއް ނޫންކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ރިޔާސީ ކޮމިޝަންތަކުގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މެމްބަރު އިބްރާހިމް ވިދާޅުވީ، މީގެ ކުރިން ރިޔާސީ ކޮމިޝަންތަކުން ކުރެވުނު މަސައްކަތްތަކުގެ މައްޗަށް ރައްޔިތުންގެ ތެރޭގައި އިތުބާރު ނެތްނަމަވެސް އޭރު ނުވި ގިނަ ކަންތައްތަކެއް މިހާރު ކުރެވެމުންދާކަމަށެވެ. އަދި ޒަމާނެއްގައި ކަމެއް ނުވެ އޮތުމަކީ މުސްތަގުބަލުގައިވެސް އެކަމެއް ނުވެދާނެކަމަށް ބުނެވޭނެ ސަބަބެއް ނޫންކަމަށް ހިއްސާކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، މީގެ ކުރިން ރާއްޖޭގައި ބުރިޖެއްވެސް ނެތްކަމަށާއި މިހާރު އެކަންވެސް ކުރަމުންދާކަމަށެވެ. އަދި މީގެ ކުރިން ރަސްމާލޭގެ ނަމުގައި ބިމެއް ނެތްއިރު އެއީވެސް މިއަދު ވުޖޫދުގައި އޮތް ތަނެއްކަމަށް އަލިއެޅުއްވިއެވެ. އެހެންކަމުން ކުރިން ވެފައިނެތުމަކީ މިއަދު ކަމެއް ނުވާނެ ސަބަބެއްގެ ގޮތުގައި ނުބެލެވޭނެކަމަށާއި ހިނގައިގެން އުޅޭ މައްސަލައިގައި ރިޔާސަތުން އެކަމުގައި ހަރަކާތްތެރިވާން ފަށާފައިވުމަކީ ކަން ވާނެކަން ޔަގީން ވެގެންދާ ކަމެއް ކަމަށެވެ.

މެމްބަރު ވިދާޅުވީ، އިސްރާއީލުގެ މައްސަލައަށް ބަލާއިރު މީގެ ކުރިން 2011 ވަނަ އަހަރު ސަރުކާރަކުންވަނީ 25000 މީހުން ނުކުމެ މުޒާހަރާ ކުރިނަމަވެސް ފުވައްމުލަކަށް އެ ގައުމުގެ ފްލައިޓެއް ޖައްސާނެކަމަށް ބުނެފައިކަމަށެވެ. ނަމަވެސް މިއަދު އޮތް ސަރުކާރުން އެގޮތުގެ މަތިން ކަން ކޮށްފައިނުވާކަމަށާއި އިސްރާއީލާއި ދެކޮޅަށް ރައްޔިތުންގެ ތެރޭގައި ޝުއޫރު ފާޅުކުރަން ފެށުމާއިއެކު ސަރުކާރުންވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައިކަމަށް ހިއްސާކުރެއްވިއެވެ.

އިބްރާހިމް ވިދާޅުވީ، ހިނގައިގެން އުޅޭ ހާދިސާއާއި ގުޅިގެންވެސް ސަރުކާރުންވަނީ ގެންނަންޖެހޭ ބަދަލުތައް ގެނެސް ތަހުގީގަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައިކަމަށާއި ސަރުކާރު އޮތީ އެކްޓިވޭޓް ވެފައިކަމަށެވެ. އަދި މެމްބަރުންވެސް ތިބީ ކުރަމުންދާ މަސައްކަތްތައް ބަލަންކަމަށާއި ގޯހުން ކަމެއް ކުރެވިގެންދާނަމަ ޓަކި ޖަހައި ކަން ގޯސްކޮށްދާކަން ސަރުކާރާއި ހިއްސާކޮށް ޖަވާބުދާރީކުރުމަށް ތައްޔާރަށް ތިބިކަމަށް އިޝާރާތްކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، ނަމަވެސް މުޒާހަރާ ކުރާ ބަޔަކު ބޭނުންވާހާ ގޮތަކަށް ކަންކަން ވެގެން ނުދިއުމަކީވެސް އޮންނަ ފުރުސަތެއްކަން ގަބޫލުކުރަންޖެހޭކަމަށްވެސް ހިއްސާކުރެއްވިއެވެ. އެގޮތުން މުއައްސަސާތަކުގައި އުސޫލުތަކަކާއި އިޖުރާތުތަކެއް އޮންނައިރު ހައްސާސް މައްސަލައެއްކަމަށްވުމުން އެކި ފަރާތްތަކުން އެކި ވާހަކަތައް ދައްކާނެ ކަންވެސް ބަލައިގަންނަކަމަށް ފާހަގަކުރެއްވިއެވެ. ނަމަމވެސް ގާނޫނުގެ ތެރެއިން މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތްތައް އެ އޮންނަ މިންގަނޑަށް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން އޮތްކަމަށް ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ، ހަގީގަތުގައި މިއަދު ފުލުހުންގެ މުއައްސަސާގެ މައްޗަށް އިތުބާރު އޮތްކަމަށެވެ. ނަމަވެސް ސިޔާސީ މާހައުލެއްގައި އިދިކޮޅު ވިސްނުމުގެ ޕާޓީތަކުންވެސް ހަރަކާތްތެރިވާކަމަށްވުމުން ފުލުހުންނަށް އިތުބާރެއް ނެތްކަމަށް ބުނާ އަޑުވެސް އިވިގެންދާކަމަށެވެ. އަދި ސޯޝަލްމީޑިއާއަށް ބަލާއިރު އިދިކޮޅު ލީޑަރުންގެ ގޮތުގައި ތިއްބެވި ފަރާތްތަކުން ބޯޑުތައް ހަދައިގެން ޒުވާނުންގެ ހަރަކާތުގެ ތެރެއަށް ވަދެ އުޅޭ މަންޒަރު ފެނިގެންދާކަމަަށާއި އެއީވެސް އިންކާރު ކުރެވެން އޮތް ވާހަކައެއް ނޫންކަމަށް ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ، އިދިކޮޅު އެމްޑީޕީގެ މާޒީއަށް ބަލާއިރު އެޕާޓީގެ އެންމެ ފުރަތަމަ ހަރަކާތްތައްވެސް ފެށިގެން އައީވެސް ގަބުރަކުންކަމަށެވެ. މެމްބަރު ވިދާޅުވީ، އެއީ އީވާން ނަސީމު ނިޔާވި މައްސަލަކަމަށެވެ. އަދި ވެރިކަމަށް އައުމަށްޓަކައި އިންތިހާބަށް 6 މަސް ދުވަހަށްވުމުން ހިއުމަން ރައިޓްސްއާއި ޑިމޮކްރެސީގެ އިތުރުން އަހަރުތަކެއް ކުރިން ނިޔާވެފައިވާ މީހުންގެ ވާހަކަތައް އެމްޑީޕީން އަބަދުވެސް ދައްކާކަމަށެވެ.

ނަމަވެސް 2020 ވަނަ އަހަރާއި ގާތުން ރަހުމު ކުޑަ ގޮތެއްގައި ޒުވާނަކު މަރާލި މައްސަލައިގައި އެމްޑީޕީގެ ތެރެއިން އެއްވެސް ބަޔަކު މިއަދާއި ޖެހުނުއިރުވެސް މަގުމައްޗަށް ނުކުމެ ހަރަކާތްތެރިވެފައިނުވާކަމަށާއި ދައުރު ނިމިގެންދިޔައީވެސް ތުހުމަތުކުރެވޭ މީހާގެ މައްސަލައިގެ ޝަރީއަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވިކަމަށް އަލިއެޅުއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: