ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު އޮތީ ހުރިހާ މުއައްސަސާއެއް ރައީސްގެ ކޮންޓްރޯލްގެ ދަށުން ހިނގާ ނިޒާމެއް: ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ރާއްޖޭގައި އޮތީ ހުރިހާ މުއައްސަސާއެއް ރައީސްގެ ކޮންޓްރޯލްގެ ދަށުން ހިންގާ ނިޒާމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު ޝަމްހީދު ވިދާޅުވީ، ރައީސްކަމުގައި ހުންނަ ފަރާތަކަށް ބާރުތައް ލިބިގެންދަނީ ގާނޫނުއަސާސީންކަމަށެވެ. މެމްބަރު ވިދާޅުވީ، އެއީ ރައީސުލްޖުމްހޫރިއްޔާކަމުގެ ނަމުން ލިބިގެންދާ އެއްޗެއް ނޫންކަމަށާއި ބާރުތަކެއް ލިބިގެންދަނީ ގާނޫނުއަސާސީގައި ލިޔެވިފައިވާ އަކުރެއް މެދުވެރިކޮށްކަމަށެވެ.

ޝަމްހީދު ވިދާޅުވީ، ރާއްޖޭގެ ސުޕްރީމް ކޯޓަށްވެސް ބާރުތަކެއް ލިބިފައިވަނީ އެގޮތުގެ މަތިންކަމަށާއި އެހެންކަމުން ސުޕްރީމް ކޯޓުގައި ތިބި ފަނޑިޔާރުންތަކުގެ ތެރެއިން ދެ ފަނޑިޔާރަކު މަދުކުރުމުން އެ ކޯޓުގެ ބާރުތައް ނިގުޅައިގަނެވިގެންދާކަމަށެވެ. މެމްބަރު ވިދާޅުވީ، މައްސަލަތަކެއް އުޅެނީ ހަމައެކަނި ސުޕްރީމް ކޯޓާއި ހިސާބުގައި ނޫންކަން ގަބޫލުކުރަންޖެހޭކަމަށާއި ހަގީގަތުގައި ޒުވާން ބޭފުޅަކު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމުން މި ދައުރާއިމެދު ގިނަ އުންމީދުތަކެއް ކުރެވުނުކަމަށެވެ.

މެމްބަރު ވިދާޅުވީ، ގައުމަށް ބޮޑެތި ބަދަލުތަކެއް އައިސް ކަންކަން ޒަމާނީ ގޮތްތަކެއްގެ މަތިން ބައްޓަންވެގެންދާނެކަމަށް ދެކިވަޑައިގެންނެވިކަމަށެވެ. އަދި އޭނާއަކީ އެމްޑީޕީގެ މެމްބަރެއްކަމަށްވީނަމަވެސް އެ ޕާޓީންވެސް އެދެނީ ގައުމަށް ރަނގަޅު ގޮތްވެގެންދިއުންކަމަށް ފާހަގަކުރެއްވިއެވެ.

ޝަމްހީދު ވިދާޅުވީ، ރައީސް ޑރ މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ހިސާބުން އެންމެ ފުރަތަމަ ފެނިގެންދިޔައީ ޕާޓީގެ ގޮތްޕެއް ނޫނީ އެމަނިކުފާނުގެ ފުރިހަމަ ބާރު ހިނގާނެ ތަނެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީސް ހެދުމަށްޓަކައި މަސައްކަތްތައް ފެއްޓެވި މަންޒަރުކަމަށެވެ. އަދި އެ މަސައްކަތްތައް މަޖިލީހުގެ ތެރެއިން މަދު ވަގުތުކޮޅެއްގެ ތެރޭގައި ނިންމަވާލެއްވުމަށްފަހު ދެން ފެނިގެންދިޔައީ ހުރިހާ މިނިވަން މުއައްސަސާއެއްގެ ރައީސުންނަކީވެސް އެމަނިކުފާނު އައްޔަނުކުރައްވާ ބައެއްގެ ގޮތުގައި ކަނޑައެޅި މަންޒަރުކަމަށެވެ.

މެމްބަރު ވިދާޅުވީ، ހުރިހާ މިނިވަން މުއައްސަސާއެއް ރައީސްގެ ކޮންޓްރޯލްގެ ދަށަށް ގެންދެވުމަށްފަހު ދެން ފެއްޓެވީ ކޯޓުތަކުގެ މައްޗަށް ބާރުވެރިވެގަތުމުގެ މަސައްކަތްތައްކަމަށެވެ. އެހެންކަމުން ރާއްޖޭގައި މިއަދު އޮތީ ހުރިހާ މުއައްސަސާއެއް ރައީސްގެ ކޮންޓްރޯލްގެ ދަށުން ހިނގާ ނިޒާމެއްކަމަށާއި އެމަނިކުފާނު ބޭނުންފުޅުވަނީވެސް އެގޮތްކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އަދި މަންޒަރު ފެނިގެންދަނީ އެގޮތަށްކަމަށް އިޝާރާތްކުރެއްވިއެވެ.

ޝަމްހީދު ވިދާޅުވީ، ހަގީގަތަށް ބަލާއިރު މަޖިލީހުގައިވެސް ހިނގަމުންދަނީ ވަރަށް ކަންބޮޑުވާ ކަންތައްތަކެއްކަމަށާއި ގާނޫނާއި ގަވައިދުތަކެއްވެސް އެތަނުގައި ނެތްކަމަށެވެ. މެމްބަރު ވިދާޅުވީ، އެމްޑީޕީން އެދުމުން ވަޒީރަކު މަޖިލީހަށް ގެނައުމުގައިވެސް ގާނޫނުގައި އޮތްގޮތަށް އަމަލުނުކުރާކަމަށާއި ފްލޯގައިވެސް ކުރެވޭ ސުވާލުތަކަށް ލިބޭ ޖަވާބުތައް އެންމެހާ ފަރާތްތަކަށްވެސް ފެނިގެންދާނެކަމަށެވެ.

ޝަމްހީދު ވިދާޅުވީ، މިއަދު އޮތްގޮތުން މަޖިލީހުގައި އެއިރެއްގައި ރިޔާސަތު ބަލަހައްޓަވަން އިންނެވި ރައީސްއަކު މެމްބަރުން ކުރާ ސުވާލު މައުޟޫއާއި ނުގުޅޭކަމަށް ކަނޑައަޅައި ހުއްޓުވާލާކަމަށެވެ. ނަމަވެސް އެއީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށާއި ގާނޫނުއަސާސީގައި މެމްބަރުންނަށް ރައްޔިތުންގެ ހައްގުގައި ބަހުސްކުރެވޭ ލިމިޓު ކަނޑައަޅާފައިވާކަމަށެވެ. އެގޮތުން އިސްލާމް ދީނުގެ އަސްލަކާއި ހިލާފު ނުވާ ހާލަތުގައި މެމްބަރުންނަށް ބަހުސްތައް ކުރިއަށް ގެންދިއުމުގައި އިހްތިޔާރު އޮންނަކަމަށް ހިއްސާކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، ހަނިކުރުމަކީ ޑިމޮކްރެސީ ދަންނަ ގޮތެއް ނޫންކަމަށޭވެ. އަދި ދާދި ފަހުން ވަޒީރަކު ހާޒިރުކުރި ފުރުސަތެއްގައި އިތުރު އެއްވެސް ސުވާލުތަކެއް ކުރުމަށް ޖާގަ ލިބިގެން ނުދިޔަ މަންޒަރުވެސް ފެނިގެންގޮސްފައިވާކަމަށް ފާހަގަކުރެއްވިއެވެ. ނަމަވެސް ސުވާލުތައް އަމާޒުކުރީ ވަޒީރު ހަވާލުވެގެން ހުންނެވި މެންޑޭޓުގެ ތެރޭގައި ހިމެނޭ މަސައްކަތްތަކާއި ގުޅޭގޮތުންކަމަށާއި ކުރި ސުވާލުތަކަކީ މަސްއޫއްލިޔަތާއި ގުޅުން ނެތް ސުވާލުތަކެއް ނޫންކަމަަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: