ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާތަނަށް މުއައްސަސާތަކުގެ އިސްވެރިންނަށް ތެދުބުނެ އިންސާފަށް ވާސިލުވާން ކެރިފައި ނެތް: އަމީން

ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދައިރާގެ މެމްބަރު އަމީން ފައިސަލް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ވެރިކަމުން ފެށިގެން މިއަދާއި ޖެހުނުއިރުވެސް މުއައްސަސާތަކުގެ އިސްވެރިންކަމަށް އައްޔަނުކުރާ މީހުންނަށް އިންސާފާއި ހިސާބަށް ވާސިލުވެ ތެދުބަސް ބުނަން ކެރިފައިނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު އަމީން ވިދާޅުވީ، ހަގީގަތަށް ބަލާއިރު 2008 ވަނަ އަހަރުގެ ތެރޭގައި ސިޔާސީ ޕާޓީތަކާއި ޑިމޮކްރެސީގެ ވާހަކަތައް ރާއްޖޭގައި ދައްކަން ފެށިގެންދިޔައީ އޭރު ވެރިންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުންނަށް ބޭއިންސާފުން އަމަލުކުރެވިފައިވުން ފަދަ ކަންކަން ފެންމަތިވެގެންދިއުމުންކަމަށެވެ. މެމްބަރު ވިދާޅުވީ، އެ ހާލަތާއި ދެކޮޅަށް ފަހަރަކު އާއިލާއެއް ނޫނީ ފަހަރަކު ގުރޫޕެއް ނުކުތުމުގެ ސަބަބުން އުފެދިގެންދިޔަ އޮއެވަރުގެ ތެރެއިން ސިޔާސީ ޕާޓިތައް ވުޖޫދުވެގެންދިޔަކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

މެމްބަރު ވިދާޅުވީ، މީޑިއާތަކުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ފަދަ ކަންކަމަކީ ޑިމޮކްރެސީގެ އަސާސްތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ. އަދި ހަގީގަތަށް ބަލާއިރު ޑިމޮކްރެސީ ދަންނަ ހަމައަކީ ކަމެއް ހިނގުމުން އެކަމެއް ހިނގި ގޮތާއިބެހޭ މައުލޫމާތު ތެދު ބަހުން ގެނެސްދިނުންކަމަށާއި ނަމަވެސް މައްސަލަތައް ފެށިގެންދިޔައީ ބޮޑެތި ބޭފުޅުންގެ ގޮތުގައި ތިއްބެވި ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ހާއްސަ އުސޫލުތަަކެއް އޮތްކަމަށް ދިވެހި އާންމު ރައްޔިތުންނަށް ގަބޫލުކުރެވުނު ހިސާބުންކަމަށް ފާހަގަކުރެއްވިއެވެ.

އަމީން ވިދާޅުވީ، ރައީސް މައުމޫންގެ ވެރިކަމުން ފެށީގެން މިއަދާއި ޖެހުނުއިރުވެސް ރައީސްކަމުގައި ހުންނަވާ ފަރާތަކުން ޒިންމާތައް ހަވާލުކުރާ ވަޒީރުން އަދި މުއައްސަސާތަކުގެ އިސްވެރިންނަށް އިންސާފާއި ހަމައަށް ވާސިލުވެ ތެދުބަސް ބުނަން ކެރިފައިނުވާކަން ފެނިގެންދާކަމަށެވެ. މެމްބަރު ވިދާޅުވީ، ފަސްޖެހެނީ ކޮންމެވެސް ސަބަބުތަކެއް ހުރެގެންކަމަށާއި އަދި އިންސާފު ލަސްވެގެންދަނީ ފަސްޖެހެމުންދިއުމުގެ ސަބަބުންކަމަށާއި އިންސާފު ނުލިބޭކަމަށް ރާއްޖޭގެ ރައްޔިތުން ގަބޫލުކުރަނީ އެ ސަބަބާއި ގުޅިގެންކަމަށް ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ، ވަޒީރުން ނޫނީ މިނިވަން މުއައްސަސާތަކުގެ ރައީސުން ނުވަތަ މެމްބަރުނާއި ފުލުހުންގެ ވެރިންވެސް ވާންވީ ވަކި އާއިލާއަކަށް ނުބަލާ ވަކި ރަށެއްގެ މީހަކަށް ނުބަލާ ޖިންސަކަށް ބެލުމެއް ނެތި އިންސާފާއި ހިސާބަށް ވާސިލުވާ ތެދު ބުނެވޭ ފަރާތަކަށް ކަމަށެވެ. އަމީން ވިދާޅުވީ، އެފަދަ ވެރިންތަކެއް މި ގައުމުގައި މުއައްސަސާތަކަށް އައްޔަނުކުރެވިގެން ނޫނީ އިންސާފު ލިބިގެންދިއުމާއި ދުރުކަމަށެވެ. އަދި މައްސަލަތައް އުފެދިގެންދަނީ ވަޒީފާއިން އެކަހެރި ކުރިނަމަވެސް ކަން ހިނގި ގޮތް ބުނެދޭނެ ވިސްނުމުގައި ނެތުމުން ނޫނީ އެގޮތުގެ މަތިން އަމަލުނުކުރެވުމުންކަމަށް ފާހަގަކުރެއްވިއެވެ.

ޒުވާނަކު ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ހާދިސާއަށް އަލިއަޅުއްވައި މެމްބަރު ވިދާޅުވީ، ފުލުހުންގެ މުއައްސަސާއިން އެންމެ ފުރަތަމަ އެކަމުގެ މައުލޫމާތުތައް ނޫސްވެރިންނަށް ދީފައިވަނީ ބަންދުކުރެވިފައިވާ މަޖިލީހެއްގައިކަމަށެވެ. އަދި ފުޓޭޖުތައް އާންމު ނުވާނެ ގޮތެއްގެ މަތިން ޝަރުތުކޮށް ފުޓޭޖުތައް ދެއްކިނަމަވެސް އެއަށްފަހު މުޅި ރާއްޖޭގެ ސަމާލުކަމަށް މައްސަލަ އައުމާއެކު ދެން އަނެއްކާވެސް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިއިރު އެ ބައްދަލުވުން ކުރިއަށް ގެންދަންޖެހޭނީ އެންމެ ފުރަތަމަވެސް ބޭއްވި އުސޫލުގެ މަތިންކަމަށް އިޝާރާތްކުރެއްވިއެވެ.

އަމީން ވިދާޅުވީ، އެ ދުވަހު ފުޓޭޖް އާންމުވެގެންދިޔަ ގޮތަށް ކަންކަން ދިމާވުމަކީ އެއްވެސް ދިވެހި ރައްޔިތަކު ބަލައިގަންނަ ހަމައެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާކަމަށެވެ. އަދި އެއީ މީޑިއާތަކަށް ދޫކޮށްލަންޖެހޭ ފުޓޭޖްގެ ގޮތުގައިވެސް ގަބޫލުނުކުރާނެކަމަށާއި ގިނަ ގޭތަކުގައި އެވަގުތު ޓީވީ ދޮށުގައި މުޅި އާއިލާ އެއްކޮށް ހާޒިރުވެ ތިބިކަމަށް ފާހަގަކުރެއްވިއެވެ. މެމްބަރު ވިދާޅުވީ، ދެއްކި މަންޒަރުތަކަކީ އާއިލާއެއް އެކުގައި ތިބެ ބަލަން އެކަށީގެންވާ މަންޒަރުތަކަކަށް ނޫންކަމަށާއި އެއީ ފުލުހުންގެ އިދާރާއަށް ހެދުނު ބޮޑު ގޯހެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: