ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯގެ ފައިދާއިން ހިއްސާއަކަށް މިފަހަރުވެސް 80ރ. ބަހަން ފާސްކޮށްފި

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ---- ފޮޓޯ: އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 80 ރުފިޔާ ބެހުމަށް ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ. ބާސެލޯ ނަސަންދުރާގައި ބޭއްވި މި ޖަލްސާގައި ހިއްސާ ބެހުމަށް ނިންމާފައިވަނީ ބައިވެރިވި 129 މެންބަރުންގެ ތެރެއިން 99 ޕަސެންޓް މެންބަރުންގެ ވޯޓުންނެވެ.

2024 ވަނަ އަހަރު އެސްޓީއޯއަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 741 މިލިއަން ރުފިޔާއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 10 އިންސައްތަ ދަށް އަދަދެކެވެ. 2023 ވަނަ އަހަރު ކުންފުންޏަށް 812 މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވެއެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމްހާދު އިބްރާހިމް ވިދާޅުވި ގޮތުގައި ކުންފުނީގެ އާމްދަނީ ދަށްވެފައިވަނީ ބައިނަލްއަޤްވާމީ މާކެޓުގައި ތެލުގެ އަގު ދަށްވުމުގެ ސަބަބުންނެވެ. މިދިޔަ އަހަރު ކުންފުންޏަށް ޖުމުލަ އާމްދަނީގެ ގޮތުގައި 15 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު އެއް ބިލިއަން ރުފިޔާ ނުވަތަ 7 އިންސައްތަ ދަށް އަދަދެކެވެ.

ކުންފުނީގެ ފައިދާ ދަށްވި ނަމަވެސް، ހިއްސާދާރުންނަށް ބަހާ ފައިދާ ވަނީ މިދިޔަ އަހަރުގެ މިންވަރުގައި ހިފަހައްޓާފައެވެ. މިގޮތުން މިދިޔަ އަހަރުވެސް ހިއްސާއަކަށް 80 ރުފިޔާ ބަހާފައިވެއެވެ.

ރޭ ބޭއްވުނު ޖަލްސާގައި ހިއްސާގެ ފައިދާ ބެހުމަށް ނިންމުމުގެ އިތުރުން، 2025 ވަނަ އަހަރަށް ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް ހަމަޖައްސައި، އުޖޫރައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދިނުމަށްވެސް ވަނީ ފާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: