ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެއި 6 ހަމަލާ: ދައުލަތުން އެދިގެން އަޑުއެހުން ކެންސަލް!

މެއި 6 ހަމަލާގެ ޝަރީއަތް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅިގެން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

މި އަޑުއެހުން ތާވަލުކޮށްފައި އޮތީ އާދިއްތަ ދުވަހުގެ ހެނދުނު 09:00 އަށެވެ. އެހެންނަމަވެސް އަޑުއެހުން ކެންސަލްކޮށްފައިވާއިރު، ”ސަންގަށް“ މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މި އަޑުއެހުން ކެންސަލް ކުރީ ދައުލަތުން އެދިގެން ކަމަށެވެ.

މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ދައުލަތުގެ އެކި ހެކިންގެ ހެކިބަސް ނަގާފައިވެއެވެ.

މި މައްސަލައިގައި ދައުވާކޮށްފައިވަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަޙުމަދާއި، ނ. މަނަދޫ، ނޫރީގެ ޢަލީ ހައިޝަމްއާއި، އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމާއި، ގއ. ވިލިނގިލި، ހުދުރުވާގެ ފަހުމީ ޢަލީއާއި، މ. ކުދެހިގެ، އިސްހާގާއި، އަދި ހއ. ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ޤާޟީ ޞަފްވަތު ޙަބީބެވެ. ޤާޟީ މީގެ ކުރިންވެސް ވަނީ ތަކުރާރުކޮށް އަޑުއެހުންތައް ކެންސަލްވަމުންދާކަން ފާހަގަކުރައްވައި، ދައުލަތާއި ދިފާޢީ ފަރާތްތަކުންވެސް މިކަންކަމަށް އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: