ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައީމާގެ މަރު: އަހުޒަމްއަށް ކުރާ ދައުވާވެސް މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ!

އަހުޒަމް އަބްދުލް ޝަކޫރު
ޝެއާރކޮށްލާ ކަހަލަދޯ؟

ނ މަނަދޫ ނައީމާ މޫސާގެ މަރުގެ މައްސަލައިގެ ދައުވާލިބޭ އަހުޒަމް އަބްދުއްޝުކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި ފުރަތަމަ ކުރިއަށްދިޔައީ ދައުލަތުން ހުށަހަޅާފައިވާ ހެކި ރައްކާތެރިކުރުމާ ގުޅޭ ބައެވެ. އެގޮތުން މި މައްސަލައިގައި މުއްދަތު މަޖިލީހުގައި ވެފައިވާ އިއުތިރާފުގެ ރެކޯޑިންގތަކުގައި މައްސަލައާ ގުޅޭ ސިއްރު ހެކިންގެ މައުލޫމާތު ހިމެނޭތީ އެ މައުލޫމާތު އުނިކުރުމަށްފަހު ދިފާއަށް ދޫކުރުމަށް ދައުލަތުން ވަނީ އެދިފައެވެ.

އެހެންކަމުން މައްސަލަ ބައްލަވާ ގާޒީ ވަނީ ދައުލަތުން އެދިފައިވާ ގޮތަށް ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދެއްވާފައެވެ.

އެއަށްފަހު ކުރިއަށްދިޔައީ ދައުލަތާއި ދިފާއުން ހެކި ހާމަކުރުމެވެ. ނަމަވެސް ދިފާއުން ހުށަހަޅަން ބޭނުންވާ ހެއްކެއް މިވަގުތަށް ނެތްކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ. އެހެންކަމުން ދައުލަތުން ވަނީ ހެކި ހާމަކޮށްފައެވެ.

އޭގެ ތެރޭގައި ގިނަ އަދަދެއްގެ ޝަފަހީ ހެކިން ހިމެނެއެވެ. އަންގާރަ ދުވަހު ކުރިއަށްދިޔައީ އަބްދުލްވާޙިދު ރިފާސްގެ ބައެވެ.

ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ނައީމާ މޫސާ ދިރިހުއްޓާ އެންމެ ފަހުން ދިމާވި މީހާއާއި، ނައީމާ ހޯދުމުގައި އުޅުނު މީހުންގެ އިތުރުން، ނައީމާގެ ފުރާނަ ނެތް ހަށިގަނޑު ފެނުނުއިރު އެ ސަރަޙައްދުގައި އުޅުނު މީހުންނާއި، ސިއްޙީ ދާއިރާ އަދި ޤާނޫނު ތަންފީޒު ކުރާ އިދާރާގެ މުވައްޒަފުން ހިމެނެއެވެ.

ދައުލަތުން ވަނީ އެމީހުންގެ ސެލް ލޮކޭޝަން އަދި ކޯލް ޑީޓެއިލްތައްވެސް ހެކީގެ ގޮތުގައި ހުށަހަޅާފައެވެ.

މީގެ އިތުރުން، މި މައްސަލައިގައި ދައުވާލިބޭ  އަބްދުލްވާހިދު ރިފާސް އަދި އަހުޒަމް އަބްދުލް ޝަކޫރު ތަހުގީގު މަރުޙަލާގައި އެކި ފަހަރުމަތިން ދީފައިވާ އިއުތިރާފު ބަޔާންތައްވެސް ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ދެމީހުންގެ ބަޔާން ދިމާވާ ކަމަށާއި، އަދި ބަޔާނުގައި ހުރި ކަންކަން މި މައްސަލައިގެ ވަށައިގެން ފެންނަން ހުރި ހެކިތަކާވެސް ދިމާވާ ކަމަށެވެ.

ހެކި ހާމަކުރުމުން ގާޒީ ވަނީ މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާތަކެއްކަމަށް ކަނޑައަޅުއްވާފައެވެ.

މި މައްސަލައިގައި އަހުޒަމްގެ މައްޗަށް 3 ދައުވާއެއް އުފުލާފައިވެއެވެ. އެއީ ދައުލަތުން ބުނާ ގޮތުގައި ފުލުހުން ގާތުގައިވެސް، އަދި ދެފަހަރެއްގެ މަތިން މުއްދަތު މަޖިލީހުގައިވެސް އަހުޒަމް އިއުތިރާފުވެފައިވާއިރު، އެ އިއުތިރާފު މުޅި މި މައްސަލައިގެ ހެކިތަކާވެސް ދިމާވެއެވެ.

އެކަމާ ގުޅޭގޮތުން އަހުޒަމްގެ ވަކީލު ވިދާޅުވީ، އަހުޒަމް ދައުވާއަށް އިންކާރު ކުރާ ކަމަށެވެ.

ދިފާއީ ވަކީލު ވިދާޅުވީ، މި މައްސަލައިގައި އޭނާގެ ފަރާތުން ފުރަތަމަ ވާހަކަ ދައްކާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގެ މުއްދަތު މަޖިލީހުގައި ކަމަށާއި، އެ މަޖިލީހުގައި އޭނާ ހުރީވެސް މަސްތުގެ ޙާލަތުގައި ކަމަށެވެ.

އަދި އެ ޙާލަތުގައި ހުއްޓައި ފުލުހުން އމި މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަން އޭނާއަށް މަޖުބޫރުކޮށްފައިވާކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ. އަހުޒަމްގެ ވަކީލު ވިދާޅުވި ގޮތުގައި އޭރު އަހުޒަމްއަށް ނައީމާގެ މަރާ ގުޅިގެން ޝައްކެއްވެސް ކޮށްފައިނުވެއެވެ.

މައްސަލައިގެ ފަސްފަހަތް:

ދައުލަތުން ބުނެފައިވާ ގޮތުގައި ނަޢީމާ މޫސާއަކީ ސިހުރު ހަދާ މީހެއްކަމަށް ބުނެ އޭނާ މަރާލުމަށް ގަސްތުކޮށް އެކަން ކުރާނެ ގޮތް ރާވައި، ނަޢީމާ މޫސާ މަރާލުމަށްޓަކައި ރާވައި، ސިހުރު ހަދާ މީހުން ގަތުލުކުރުމަކީ އެމީހުން ފާފަވެރިވާނެކަމެއް ނޫންކަމަށް މި މައްސަލައިގައި ހިމެނޭ ހަސަން ފަވާޒު ވަނީ ވިސްނައިދީފައެވެ.

އަދި ޙަސަން ފަވާޛް ނަޢީމާ މޫސާ މަރާލުމަށް ދުވަހެއް ކަނޑައަޅައި، އެ ޢަމަލު ހިންގުމަށް ބޭނުންވާ ތަކެތި ހޯދައިދީ، 6 އެޕްރީލް 2023 ދުވަހުގެ ދަންވަރު 01:00 އާއި 03:30 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދުއްވާ ކާރުގައި އަހުޒަމްއާއި ރިފާސް ގޮވައިގެން ނ.މަނަދޫ، އަންނާރުމާގެއަށް ގެންދިޔަކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

އޭގެ އިތުރުން، އެމީހުން ނަޢީމާ މޫސާއަށް ހަމަލާދޭން އެގެއަށް ވަނީއްސުރެ ނަޢީމާ މޫސާ މަރާލަންދެން އެމީހުންނަށް ފޯނުން ގުޅައިގެން ޙަސަން ފަވާޒު އިރުޝާދުދީ، އެމީހުން އެއްބަސްވެފައިވާ ގޮތަށް އަޚުޒަމް ޢަބްދުއްޝަކޫރު އާއި ޢަބްދުލްވާޙިދު ރިފާސް ނަޢީމާ މޫސާގެ ކަރަށާއި ބުރަކަށީގެ އެކި ތަންތަނަށް ވަޅިން ހަމަލާދިންކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ނަޢީމާ މޫސާ މަރާލުމުން، އެމީހުން ބަލައި އަންނާރުމާގެއަށް ޙަސަން ފަވާޒު ގޮސް އެމީހުން ގޮވައިގެން ހެކި ނައްތާލުމަށްޓަކައި ނ.މަނަދޫ ނާމަގު ސަރަޙައްދަށް ގެންގޮސްދީ، އެމީހުން ހެކި ނައްތާ ނިމުމުން، ނާމަގު ސަރަޙައްދަށް ބަލައިގޮސް އެމީހުންގެ ގެއަށް ގެންގޮސްދީ، ނަޢީމާ މޫސާ މަރާލުމުގެ އަގެއްގެ ގޮތުން އެމީހުންނަށް މަސްތުވާތަކެތި ފޯރުކޮށްދީފައިވާކަމަށްވެސް ދައުލަތުން ކުރާ ދައުވާގައި ބުނެފައިވެއެވެ. އެގޮތުން ވަޅެއް ކޮނުމަށްފަހު އެމީހުންގެ ޖިންސާއި އަންނައުނުތައް އަންދާލާފައިވާކަމަށް ދައުލަތުން ބުނެއެވެ.

އެ 3 މީހުންގެ ބައި ކުރިއަަށް ގެންދަނީ ވަކިވަކިންނެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: