ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގުމައްޗަށް ދޫކޮށްފައި ދިޔަ ސިނގިރޭޓުތަކާ ގުޅިގެން ހައްޔަރުކުރި މީހުން ދޫކޮށްލައިފި

ވަގަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ސިނގިރޭޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑުރަސްގެފާނު މަގުން ފިލައިގެން ދިޔަ ޕިކަޕަކުން މަގުމައްޗަށް ދޫކޮށްފައި ދިޔަ 221 ކާޓަންގެ ސިނގިރޭޓު ފުލުހުން ހޯދާފައިވާއިރު، އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުން ދޫކޮށްލައިފިއެވެ.

މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ ތިން ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ރެޒައުލް ހައްގު، މަންމާން މޮންޑޮލް އަދި މުހައްމަދު ސުލައިމަންއެވެ. އެ 3 މީހުންގެ މައްޗަށްވެސް ކުރަނީ ވައްކަމުގެ ކުށުގެ ތުހުމަތެވެ.

އެ އެންމެންވެސް ވަކީލެއްގެ ފުރުސަތު ބޭނުންވާކަމަށް ބުނެފައިވާތީ އެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މީގެ ކުރިން ވަނީ 5 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

ބަންދާގުޅޭ މަޖިލީހުގައި މި މައްސަލައިގެ އައިއޯ ވިދާޅުވީ، އަތުލައިގަތް ސިނގިރެޓް ކާޓަންތަކަކީ އެ ބިދޭސީން މަސައްކަތްކުރާ ސީނިއާ އިންޓަނޭޝަނަލްގެ ބޮންޑެޑް ވެއާހައުސް ގުދަނަކުން ގެއްލިފައިވާ ތަކެތި ކަމަށެވެ.

ހަމައެއާއެކު، އެއީ ބޮންޑެޑް ވެއާހައުސް އަކަށް ވާތީ އެތަނުން ތަކެތި ބޭރުކުރެވޭނީ ވެސް ކަސްޓަމްސް އަށް ޑިއުޓީ ދައްކައިގެން ކަމަށް އައިއޯ ވިދާޅުވިއެވެ.

މީގެ އިތުރުން، މި މައްސަލަ ތަހުގީގު ކުރަމުންދަނީ ޖިނާއީ ބޮޑު މައްސަލައެއްގެ ގޮތުގައިކަންވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.

އެމީހުންގެ ބަންދުގެ މުއްދަތު ހަމަވުމުން އަލުން ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އެމީހުން ޝަރުތުތަކާއެކު ބަންދުން ދޫކޮށްލާފައެވެ. ސަބަބަކީ މިއީ ވަގަށް ނަގާފައިވާ ސިނގިރޭޓުތަކެއްކަމަށް އެމީހުންގެ މައްޗަށް ތުހުމަތު ކޮށްފައިވާއިރު، ފަދަ ސިނގިރޭޓުތަކެއް ގެއްލިގެން އެއްވެސް ފަރާތަކުން އަދި ފުލުހަށް ރިޕޯޓުކޮށްފައި ނުވާކަމަށް ބުނެފައިވުމާއި، އެ މީހުންނަކީ އިމިގްރޭޝަންގެ ގާނޫނާ އެއްގޮތަށް ސައްހަ ވިސާއެއްގައި ރާއްޖޭގައި އުޅޭ ފަރާތްތަކެއްކަމަށްވާތީއެވެ.

އެމީހުން ދިފާއުގައި ބުނީ އެ މީހުން ސިނގިރެޓް ކާޓަންތަން ޕިކަޕަކަށް އެރުވީ އެ ޕިކަޕް އޮތް ހިސާބުން ދިމާވި އެހެން ބިދޭސީއަކު އުޖޫރަ ދޭނެ ކަމަށް ބުނުމުން ކަމަށެވެ.

މި މައްސަލަ ހާމަވެގެން އައީ ފުލުހުން ރާއްޖޭގައި ހިންގަމުންދާ ވަގު ސިނގިރޭޓު އެތެރެކުރުމާއި ވިއްކުމުގެ މައްސަލަތަކާ ގުޅޭ ތަޙުޤީޤުތަކުގެ ތެރެއިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: