ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަންކެޑެ ޕްރޮޖެކްޓަށް ބޮޑު ހޭދައެއްކޮށް ހަވާއެރުވި ނަމަވެސް އިތުރު ކަމެއް ނުކުރޭ: ނާޒިލް

އިބްރާހިމް ނާޒިލް: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަންކެޑެ ޕްރޮޖެކްޓަށް ބޮޑު ހޭދައެއްކޮށް ހަވާއެރުވި ނަމަވެސް އިތުރު ކަމެއް ކުރެވިފައި ނެތްކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.

ނާޒިލް އެފަދައިން ވިދާޅުވީ އެމްޑީޕީން އައްޑޫސިޓީ މަރަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ހަންކެޑެ ޕްރޮޖެކްޓަކީ މަޖިލިސް އިންތިހާބަށް ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނެއްކަން ފާހަގަ ކުރައްވައި ނާޒިލް ވިދާޅުވީ، އޭރު ބޮޑަށް ބެލެވުނީ ހަވާ އަރުވައި ބިންގާ އެޅި ރޭގެ ޖެހިގެން އައި ދުވަހު މަސައްކަތްވެސް ފެށިގެން ދާނެކަމަށް ކަމަށެވެ.

މީގެ އިތުރުން، ޝަންގްރިލާ ރިސޯޓު އޮޕަރޭޝަނަށް ގެނައުމަށް އެތައް ވައުދުތައްވީއިރު، ވެރިކަމަށް ދޮޅު އަހަރުވީއިރު ކުރެވުނުކަމެއް ނެތްކަންވެސް ނާޒިލް ފާހަގަ ކުރެއްވިއެވެ. އެގޮތުން މި ސަރުކާރުން ވައުދުވީ ވެރިކަމަށް އަންނަތާ ހަ މަސް ދުވަހުގެ ތެރޭގައި އެ ރިސޯޓު މެދުވެރިކޮށް އައްޑޫ ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނާނެކަމަށްކަން ފާހަގަ ކުރައްވައި ނާޒިލް ވިދާޅުވީ، އެކަމެއް އެގޮތަކަށް ނުވި ކަމަށެވެ.

ކަން އެހެން އޮތްއިރު އަނެއްކާވެސް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް އަނެއްކާވެސް އައު ވައުދުތަކެއްވާތަން ފެންނާނެކަމަށް ނާޒިލް ވިދާޅުވިއެވެ.

 ކުރިޔަށް އޮތީ ލޯކަލް ކައުންސިލް އިންތިހާބު، އަނެއްކާޥެސް އައިސް ފެންނާނީ އައު ވައުދުތައް ވާތަން

ނާޒިލް އިތުރަށް ވިދާޅުވީ، އައްޑޫގެ ލިންކްރޯޑަށް ޖުމްލަ 30 އަހަރުވެފައިވާއިރު، އެތަން ނުދުއްވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެތަނަށްވެސް މަސައްކަތެއް ނުކުރެވޭކަން ނާޒިލް ފާހަގަ ކުރެއްވިއެވެ.

ތަކުރާރުކޮށް އެބަ ބުނޭ މަގުގެ މަސައްކަތް ކުރާނެކަމަށް. 143 މިލިއަން ރުފިޔާއަށް މަޝްރޫއު ހަވާލު ކުރިއިރު، އައްޑޫ ސިޓީ ކައުންސިލުން ބުނަނީ ތަފްސީލެއް ނުލިބޭކަމަށް. އެ މަޝްރޫއުރު ކުރިޔަށް ދާނެކަމަށް ނުދާނެކަމެއް ނޭނގޭކަމަށް، މިއީ ހުސް ހެޑްލައިން ހެދުމަށް ކުރާ ކަންކަން، ދޮގާއި މަކަރު ނޫންކަމެއް ނެތް

ނާޒިލް ވިދާޅުވީ، އައްޑޫގެ ތަރައްގީއަށް މަސައްކަތް ކުރީ އެމްޑީޕީގެ ފަސް އަހަރުގެ ސަރުކާރުގައި ކަމަށެވެ. އެގޮތުން އެ ސަރުކާރުން ވައުދުވި ކޮންމެކަމެއް އޮތީ ނިމިފައިކަމަށްވެސް ނާޒިލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: