ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި މަހު ގުޅިފަޅުގެ ގޯތިތަކުގެ ގުރުއަތުލުން ބާއްވައި ރެޖިސްޓްރީތައް ހަދަން ފަށާނެ: މުއްތަލިބު

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި މަހުގެ ތެރޭގައި ގުޅީފަޅުގެ ގޯތިތަކުގެ ގުރުއަތުލުން ބާއްވައި ބިންތަކުގެ ރެޖިސްޓްރީ ހަދައިދިނުމުގެ މަސައްކަތްތައް ފެށޭނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ މުއްތަލިބު ވިދާޅުވީ، ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭން އެންމެ ފުރަތަމަ އިއުލާނުކުރެވުނީ 24 އޮގަސްޓް 2023ގައިކަމަށެވެ. ނަމަވެސް އޭރު އެކުލަވާލި ޕްލޭންގައި މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުނަންޖެހޭ މުހިންމު ބައިތަކެއް ނެތްކަމަށްވުމުން އެ ޕްލޭން ބަދަލުތައް 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު އައު ޕްލޭނެއް އިއުލާނުކުރެވިފައިވާކަމަށެވެ. އަދި އެ ޕްލޭންގެ ދަށުން ސަރުކާރުން އިތުރަށް ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދު ހިމެނޭގޮތަށް ގޯތިތައް ދިނުމަށް ނިންމައި ގުރުއަތު ނެގުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންގޮސްފައިިވާކަން ހިއްސާކުރެއްވިއެވެ.

ނަމަވެސް 2023 ވަނަ އަހަރުގައި އެކުލަވާލި ޕްލޭންގެ ދަށުން ގޯތި ލިބުނު ބައެއް މީހުންނަށް އައު ޕްލޭންގެ ދަށުން ގުރުއަތު ނެގިއިރު ނުހިއްކާ ހުރި ސަރަހައްދުން ގޯތި ލިބޭ ގޮތްވެފައިވާކަމަށާއި 2023 ވަނަ އަހަރުގެ ޕްލޭންގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ރެޖިސްޓްރީވެސް ދޫކުރެވިފައިވާކަމަށެވެ. އެހެންކަމުން 2024ގެ ޕްލޭންގެ ދަށުން ގޯތި ރެޖިސްޓްރީ ހެދުމަށް ދަތިތަކެއް ކުރިމަތިވެގެންދިޔަކަމަށާއި ސަބަބަކީ ކުރިން ރެޖިސްޓްރީ ދެވިފައިވާ ފަރާތްތަކަށް ނުހިއްކާ ހުރި ސަރަހައްދުން ގޯތި ލިބޭ ގޮތަށް ގުރުއަތު ނެގިފައިވުމުންކަމަށް އަލިއެޅުއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ގޯތިތަކުގެ ރެޖިސްޓްރީ ވީހާވެސް އަވަހަކަށް ދިނުންކަމަށެވެ. އެހެންކަމުން ގުޅިފަޅުން ދޭން ކަނޑައެޅި ހުރިހާ ގޯތިތަކެއް ހިއްކާފައިވާ ސަރަހައްދުން ދޭން ނިންމައި ޕްލޭނަށް ބަދަލު ގެނެސް މިހާރު ގެޒެޓްކޮށްފައިވާކަމަށެވެ. މި ބަދަލާއިއެކު ކޮމާޝަލް، އިންސްޓިޓިއުޝަނަލް އަދި އެފަދަ އެހެން ބޭނުންތަކަށް ބޭނުންވާ ބިން އަލަށް ހިއްކުމަށް ކަނޑައެޅިފައިވާ ސަރަހައްދަށް ބަދަލުކުރެވިފައިވާކަމަށާއި މިކަން ގުޅިފަޅުގެ ގޯތި ލިބުނު ފަރާތްތައް ތަމްސީލުކުރައްވާ ޖަމިއްޔާއަށް ހިއްސާކުރެވި ބިންދޭނެ ގޮތާއިމެދު މަޝްވަރާތައްވެސް ކުރެވިފައިވާކަމަށް މައުލޫމާތު ދެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، މި މަހުގެ ތެރޭގައި އެ ބިންތަކުގެ ގުރުއަތުލުން ބާއްވައި ރެޖިސްޓްރީ ހެދުމުގެ މަސައްކަތްތައް ފެށިގެންދިއުމަށް އުންމީދުކުރައްވާކަމަށެވެ. އަދި ސާވޭ ނިމުނުހާ އަވަހަކަށް ހަވާލުކުރެވެން ހުރި ބިންތައްް ވެރިފަރާތްތަކަށް ލިބިގެންދާނެކަމަށާއި މި މަސައްކަތްތައް ކުރެވިފައިވަނީ އެ ސަރަހައްދުން ގޯތި ލިބިފައިވާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުންކަމަށްވާ ބިމުގެ ރެޖިސްޓްރީ ހަދައި ގޯތި ހަވާލުކުރުމުގައި ލަސްތަކެއް ވެގެންދާ މައްސަލައިގައި އަވަސް ހައްލުތަކެއް ގެނައުމުގެ ގޮތުންކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: