ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާޑެއްދޫ އެއާޕޯޓުގެ ހުވަނީގެ މައްސަލަ ހައްލުކުރަން މިނިސްޓްރީ އޮފް އެގްރިކަލްޗަރ އިން ފަންނީ އެހީތެރިކަން ފޯރުކޮށްދީފި

ކާޑެއްދޫ އެއާޕޯޓުގައި ހުވަނި
ޝެއާރކޮށްލާ ކަހަލަދޯ؟

ކާޑެއްދޫ އެއާޕޯޓަށް ކުރިމަތިވެފައިވާ ހުވަނީގެ މައްސަލަ ހައްލުކުރުމަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާއިން ފަންނީ އެހީތެރިކަން ފޯރުކޮށްދީފިއެވެ. މި މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައީ ސޯޝަލް މީޑިއާގެ ޒަރިއްޔާއިންނެވެ.

މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލަ ސަމާލުކަމަށް އައުމާއެކު، އެ ވުޒާރާގެ ކަމާގުޅުންހުރި އިދާރާއިން ވަނީ އެއާޕޯޓާ ގުޅައި، މީގެކުރިން އަމަލުކޮށްފައިވާ ގޮތުގެ މައުލޫމާތު ސާފުކޮށްފައެވެ. އަދި އިތުރަށް ކުރެވިދާނެ ކަންކަމާ ގުޅޭ މައުލޫމާތު ދިނުމާއެކު، ހުވަނި ކޮންޓްރޯލްކުރުމާ ބެހޭ ފަންނީ މައުލޫމާތު ހިމެނޭ ކަރުދާހެއް މެއިލްގެ ޒަރިއްޔާއިން ވަނީ ފޮނުވާފައެވެ.

އެހެންނަމަވެސް، މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި، ހުވަނި ގިނަވެ، އެ މައްސަލަ ހައްލުކުރުމަށް އެހީއަށް އެދި ކާޑެއްދޫ އެއާޕޯޓުން ސިޓީއެއް ނުވަތަ މެއިލްއެއްވެސް އެ ވުޒާރާއަށް ލިބިފައެއް ނުވެއެވެ.

މިނިސްޓްރީން ވަނީ މީހުން އާބާދުވެ އުޅޭ ރަށްތަކުގައި ހުވަނި ކޮންޓްރޯލްކުރުމަކީ އެ ރަށެއްގެ ކައުންސިލުގެ ޒިންމާއެއްކަން ފާހަގަކޮށްފައެވެ. އަދި ސިނާއީ މަސައްކަތްތައް ކުރާ ރަށްތަކުގައިވެސް ހުވަނި ކޮންޓްރޯލުކުރުމަކީ އެ ރަށެއް މެނޭޖްކުރުމުގެ ޒިންމާ އޮތް ފަރާތްތަކުން ދުރާލާ ތައްޔާރުވާންޖެހޭ ކަމެއްކަމަށް ބުނެފައިވެއެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، މިފަދަ މައްސަލަތަކުގައި ބޭނުންވާ ފަންނީ އެހީތެރިކަން އެ ވުޒާރާއިން ފޯރުކޮށްދޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: