ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކުރުމުން ރައީސް އެކަން ކުށްވެރިކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައި ވަނިކޮށް، އެ ހަމަލާތައް ކުށްވެރިކުރައްވައި ހަމަލާތައް ހުއްޓާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ބައިނަލްއަގްވާމީ މުޖުތަމައުއަށް އިޒްރޭލުގެ އަނިޔާވެރިކަން ހުއްޓުވައި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހަރުދަނާ އަދި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ. އަދި ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތަށް ޣައްޒާގެ އާންމުންގެ ފުރާނަ ރައްކާތެރިކުރުމަށް ފިޔަވަޅު އެޅުމަށް ވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.

މިދިޔަ ދެތިން ދުވަހުގެ ތެރޭގައި އިޒްރޭލުން ވަނީ 200 އެއްހާ މީހުން ޝަހީދުކޮށްލައިފައެވެ. އަލުން ހަމަލާތައް ފަށާފައި މިވަނީ ”ހަމާސް ނައްތާލަން“ ކަމަށް ބުނެއެވެ. އެހެންވެ މިހާރު ފަށާފައިވާ އާ އޮޕަރޭޝަނަކީ އޭގެ ފުރަތަމަ މަރުހަލާ ކަމަށް އެ ގައުމުން ބުނެއެވެ.

ފެށުނީއްސުރެ ވެސް ރާއްޖެއިން ދަނީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް އެ ގައުމަށް ފިޔަވަޅު އެޅުމަށް ބައިނަލްއަގްވާމީ އެކި ޕްލެޓްފޯމްތަކުގައި ވެސް ވަކާލާތު ކުރަމުންނެވެ. އެ ގައުމާ ދެކޮޅަށް އެޅި ފިޔަވަޅެއްގެ ގޮތުން ރާއްޖެއިން ވަނީ އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ވެސް މަނާކޮށްފައެވެ.

އިޒްރޭލުން އޮކްޓޫބަރު 7، 2023 އިން ފެށިގެން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 53،000 އިން މައްޗަށް މިހާރު ވަނީ އަރައިފައެވެ.

ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވެސް 119،919 އަށް އަރާ ކަމަށް ޣައްޒާގެ އިދާރާތަކުން ބުނެއެވެ. މި ހަމަލާތައް ވަރުގަދަކޮށްފައި މިވަނީ ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އިޒްރޭލުން ހުއްޓުވާފައި އޮންނަތާ އެތައް މަހަކަށް ފަހު މުޅި ޣައްޒާ ބަނޑަށް ޖެހިދާނެ ކަމުގެ ބިރާ އެކު ބައިނަލްއަގުވާމީ މުޖުތަމައުގެ ކަންބޮޑުވުން އިތުރުވެފައި ވަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: