ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނު ކޯލާ ލޯންޗުކޮށްފި

ފަލަސްތީނު ކޯލާ ލޯންޗުކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެޗްއާރް ޓްރޭޑިންގް އިން ރާއްޖެއަށް ފަލަސްތީނު ކޯލާ ލޯންޗުކޮށްފިއެވެ.

ފަލަސްތީން ކޯލާއަކީ އިޒްރޭލުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުން ގެންދާ ނަސްލުހޭދު ނުވަތަ ޖެނޮސައިޑާ ގުޅިގެން ނަން މަޝްހޫރު ބައެއް ވިޔަފާރި ބްރޭންޑުތައް ބޮއިކޮޓްކުރުމުގެ ފުޅާ ކެމްޕޭނެއް މުޅި ދުނިޔޭގައި ހިންގަމުންދާ ދަނޑިވަޅެއްގައި ސުވީޑަންގެ މާލްމޯ ސިޓީގައި ދިރިއުޅޭ ފަލަސްތީނަށް ނިސްބަތްވާ ތިން ބެއިންކަމުގައިވާ ހުސެންނާއި މުޙައްމަދުއާއި އަޙްމަދު ޙަސޫން ތަޢާރަފުކުރި ބްރޭންޑެކެވެ.

ސްވިޑްން ގެ ސަފާޑްފުޑް ކޮމްޕެނީ އިން ފަލަސްތީނު ކޯލާ އުފައްދައި ބާޒާރަށް ނެރުމާއެކު ރަހައާމެދު ވަރަށް ގިނަ ބަޔަކު ވަނީ ހިތްހަމަޖެހުން ފާޅުކޮށްފައެވެ. އެގޮތުން ސޮފްޓް ޑްރިންސްގެ ދާއިރާގެ ތަޖުރިބާކާރެއްގެ ފަންނީ ލަފާގެ މަތިން އުފެއްދި ”ފަލަސްތީނު ކޯލާ“ މިހާރު ވަނީ ޔޫރަޕާއި އެމެރިކާއައި ކެނެޑާގެ މާކެޓަށް ނެރެ ވިއްކަން ފަށާފައެވެ. އަދި މެދު އިރުމައްޗަށް ދާދި އަވަހަށް ފަލަސްތީނު ކޯލާ ތަޢާރަފު ވެގެންދާނެކަންވެސް ފާހަގަކޮށްފައިވެއެވެ.

ފަލަސްތީނު ކޯލާ ދުނިޔޭގެ ބާޒާރަށް ނެރުނުތާ މާގިނަ ދުވަހެއް ނުވަނީސް ދިވެހީންނަށް ތަޢާރަފު ކޮށްދިނުމަކީ އެމްއެޗްއާރުން ނެގި ވަރަށް މުހިންމު އިސްނެގުމެކެވެ. އެގޮތުން އާދިއްތަ ދުވަހުގެރޭ 20:30 ގައި އޯކިޑް މަގުގައި ހުންނަ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ޕްރަޑަކްޓު ލޯންޗުކުރުމުގެ ރަސްމިއްޔާތު ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެކަމާ ގުޅޭގޮތުން ސަންގުޓީވީގެ ”އެންމެ އެކުވެރިން“ ޕްރޮގްރާމްގައި ބައިވެރިވެ އެ ކުންފުނިން މައުލޫމާތު ދިން ގޮތުގައި ފަލަސްތީނު ކޯލާ އުފައްދައި ބަޒާރަށް ނެރެ، ވިއްކާ އަދި ބޭނުންކުރުމަކީ ހަމައެކަނި ވިޔަފާރިއާ ގުޅިފައިވާ ކަމެއްނޫނެވެ.

މިއީ ފަލަސްތީނުގެ މައްސަލައަށް ދެވޭ އިތުރު ސަމާލުކަމެއް. އަދި އިޒްރޭލުގެ ލާއިންސާނީ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް އަޑު އުފުލުމަށް ކުރެވޭ މަސައްކަތެއް. މިއީ ފަލަސްތީނުގެ ރައްޔިތުންނަށް ސީދާގޮތުން އެހީތެރިވުމަށް ހުޅުވިގެންދާ އާމަގެއް.

މީގެ އިތުރުން، މިއީ ފަލަސްތީނުގެ ނަމާއި ވަސް މި ދުނިޔެއިން ފޮހެލުމަށް ޒަޔަނިސްޓުން ކުރަމުންދާ މަސައްކަތާ ދެކޮޅަށް މުޅި ދުނިޔޭގައި ފެށިގެންވާ ވަރުގަދަ ކެމްޕޭނެއްކަންވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ފަލަސްތީނު ކޯލާއިން ލިބޭ އާމުދަނީ ބައްޓަން ކުރެވިފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށާއި ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިވެވޭގޮތަށެވެ. ފަލަސްތީނު ކޯލާ ބޭނުންކުރާ ކޮންމެ ފަރާތަކީ ވެސް ފަލަސްތީނު ކޯލާގެ މައިކުންފުނިން ސީދާކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ހިލޭއެހީއަށް އެހީތެރިވެ ވާގިވެރިވެދޭ މީހެއް ކަމަށާއި، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވެ ދެވޭނެ ފަސޭހަ އަދި ލުއި ގޮތެއްކަންވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ފަލަސްތީނު ކޯލާއަކީ އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމާއި އެކުވެރިކަން ދައްކައިދޭނެ ރަމްޒެއް ކަމަށާއި، މިއީ އިސްލާމީ އުޚުއްވަތްތެރިކަމުގެ ރޫޙު ދިރުވައިދޭނެ ބްރޭންޑެއްކަމަށްވެސް އެ ކުންފުނިން ބުނެއެވެ. އެގޮތުން މިހާތަނަށް ފަލަސްތީނު ކޯލާ ތަޢާރަފުކުރެވިފައިވާ ކޮންމެ ސަރަޙައްދަކުން ވެސް މި އުފެއްދުމުގެ ރަހައަށް ލިބިފައިވަނީ ތަޢުރީފެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: