ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅިވަރާބެހޭ ޤައުމީ ފަންޑެއް އުފައްދަނީ

ދީމާގެ ކާމިޔާބީ އަށް ރައީސްގެ މަރުޙަބާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅިވަރުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ޤާނޫނާއެކު، ކުޅިވަރާބެހޭ ޤައުމީ ފަންޑެއްވެސް އުފެދިގެންދާނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުޅިވަރުގެ ޤާނޫނަށް 1 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު ތަސްދީޤު ކުރެއްވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ކުޅިވަރުގެ ޤައުމީ ފަންޑެއްވެސް މި ޤާނޫނާއެކު އުފެދިގެންދާނެ ކަމަށެވެ. މިފަދަ ފަންޑެއް ޤާއިމު ކުރުމުގެ މަޤްސަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުޅިވަރު ތަރައްޤީކުރުންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ،ފަންޑުގެ ބޭނުން ހިފާނީ ކުޅިވަރުގެ ދާއިރާ އެކި ގޮތްގޮތުން ކުރިއެރުވުމަށްކަމަށެވެ.

މި ޤައުމީ ފަންޑަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުޅިވަރު ތަރައްޤީ ކުރުމަށްޓަކައި ޤާއިމު ކުރެވޭ ފަންޑެއް.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ތަރައްޤީ ކުރުމަށް މި ފަންޑުން ހޭދަ ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މި ފަންޑުގެ ނަތީޖާއަކަށް ވެގެންދާނީ ލާމަރުކަޒީކޮށް، ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް ފެންވަރެއްގައި އެތްލީޓުންނާއި ވަސީލަތްތައް ތަރައްޤީކުރުންކަމަށްވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

ކުޅިވަރު ޤާނޫނަކީ ދިވެހިރާއްޖޭގެ ކުޅިވަރު ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކާއި މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އަދި ކުޅިވަރު ކްލަބް ޖަމްޢިއްޔާތައް ކުރިއަރުވައި، ޒަމާނީ ފެންވަރުގައި ދިވެހިރާއްޖޭގައި ޤައުމީ ކުޅިވަރު މަޖިލީހާއި މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ޤާއިމުކޮށް ރެގިއުލޭޓްކޮށް، ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ފެޑެރޭޝަންތައް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށް ލިބިދޭ ބާރުތައް ބަޔާންކުރާ ޤާނޫނެވެ.

މި ޤާނޫނު ވުޖޫދަށް އައިސްފައިވަނީ 2015 ވަނަ އަހަރުއެވެ. މިއީ އޭގެ ފަހުން ޤާނޫނަށް އަންނަ ފުރަތަމަ އިސްލާޙެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: