މޯލްޑިވްސް އިމިގްރޭޝަނަށް 50 އިމިގްރޭޝަން އޮފިސަރު ޓްރެއިނީސް ހޯދުމަށް ވޯކް އިން އިންޓަވިއު ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެއްހިއްޖެއެވެ.
ވޯކް އިން އިންޓަވިއު އޮންނާނީ މި މަހުގެ 24 ވާ ހޮނިހިރު ދުވަހު ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 އަށެވެ. ވޯކް އިން އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ ގަލޮޅު ސްކޫލްގައެވެ.
އިމިގްރޭޝަންގެ ވަޒީފާގައި މައިގަނޑު ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި:
- އެއާޕޯޓްގެ ބޯޑަރު ކޮންޓްރޯލްގެ މަސައްކަތްކުރުން
- ދިވެހި ރައްޠިތުންނަށް ޕާސްޕޯޓް އަދި ޓްރެވަލް ޑޮކިއުމެންޓްގެ ހިދުމަތްދިނުމުގެ މަސައްކަތްކުރުން
- ސީޕޯޓް ސެކްޝަންގެ މަސައްކަތްކުރުން ވިޒާ ސެކްޝަންގެ މަސައްކަތްކުރުން
- އޮފީހަށް ދިމާވާ ޚާއްސަ ހާލަތާއި ގުޅިގެން ކުރިއަށް ގެންދާ ޙާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން
މި މަގާމަށް ހޮވުމުގައި ބަލާނެ ކަންކަން:
- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްހާނަކުން މަދުވެގެން ދެ ޑީ ފާސް ލިބިފައިވުމާއެކު، މަތީ ސާނަވީން ދިވެހި މާއްދާއިން ދަށް ވެގެން ސީ ފާސް ލިބިފައިވުން ނުވަތަ އެމްކިއުއެފް ލެވެލް ތިނެއްގެ ސެޓްފިކެޓެއް ހާސިލް ކޮށްފައި ވުން.
- އަދި އިއުލާން ކުރާ މުއްދަތު ކުރިން އުމުރުން 40 ފުރިފައި ނުވާ މީހެއް ކަމުގައިވުން
އިމިގްރޭޝަނުން ބުނީ މިއީ ގައުމަށް ހިދުމަތް ކުރުމައި، ރާއްޖޭގެ ބޯޑަރުތަކާއި ގުޅޭ މަަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަނގަޅު ފުރުސަތަކަށް ވެގެން ދާނެކަމަށެވެ.

