ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުދައްރިސުންނަށްވުރެ ޝަރަފުވެރި އިއްޒަތްތެރި ބަޔަކު ނުތިބޭނެ: ޝަފީއު

އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު
ޝެއާރކޮށްލާ ކަހަލަދޯ؟

މުދައްރިސުންނަށްވުރެ ޝަރަފުވެރި އިއްޒަތްތެރި ބަޔަކު ތަޢުލީމީ ނިޒާމުގެ ތެރޭގައި ނުތިބޭނެކަމަށާއި، މުދައްރިސުންނަށްވުރެ ބޮޑަށް މުދަރިއްސުންގެ ޤަދަރާއި ކަރާމާތް ހިފެހެއްޓޭނެ ބަޔަކު ނުތިބޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލްގެ މުދައްރިސުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރުގެ ވާހަކައިގައި، ތަޢުލީމީ ނިޒާމުގެ ތެރޭގައި ދަރިވަރުންނަށް ވުރެ ބޮޑަށް އަޅާލުމާއި އޯގާތެރިކަން އަދި އެހީތެރިކަން ބޭނުންވާ ފަރާތްތަކެއް ނުހިމެނޭކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، މުޅި ތަޢުލީމީ ނިޒާމް އަދި ސްކޫލް މާޙައުލު ބައްޓަންވާންވާނީ މުދައްރިސުންނާއި ދަރިވަރުންނަށް އަމާން، ރައްކާތެރި، ކުލުނުވެރި، އަދި ހަމަހަމަކަމާއެކު އެންމެން ޝާމިލުވާ ވަށާޖެހޭ ތަޢުލީމެއް ލިބޭ މާޙައުލަކަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިފަދައިން އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ، ތަޢުލީމީ ނިޒާމުގެ ތެރެއިން ހާސިލުކުރަން ބޭނުންވާ ކާމިޔާބީތައް އިރާދަކުރެއްވިއްޔާ ހާސިލުވަމުންދާނެކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މުދައްރިސުންނަށް ޝުކުރު އަދާކުރައްވަމުން، މިނިސްޓްރީން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ މަޢުލޫމާތު މުދައްރިސުންނާ މިނިސްޓަރ ހިއްސާކުރެއްވިއެވެ. އަދި ޕޮލިސީތަކާ ގުޅޭގޮތުން މުދައްރިސުންނަށް ދިމާވާ ގޮންޖެހުންތައް އޮޅުންފިލުއްވައި، މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަމާ ފަންނީ ތަރައްޤީއަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން، ޕޮލިސީތަކާއި ކަރިކިޔުލަމް ތަންފީޒުކުރުމުގައާއި، ތަޢުލީމީ ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މުދައްރިސުންގެ ޚިޔާލު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރގެ އިތުރުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދު، ސްޓޭޓް މިނިސްޓަރ ހުސައިން ސައީދު، މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީ ޝީފާޒް މުޙައްމަދު، މާލޭ ޒޯންގެ ކޯޑިނޭޓަރ އަބްދުލް ވަލިއްޔު އަލީ އަދި ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޜަން ހިންގުމާ ޙަވާލުވެހުންނެވި އަލީ މުފީދު ބައިވެރިވެ ވަޑައިގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: