ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ އިސްލާހު ރައީސް ތަސްތީގުކުރައްވައިފި

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމަކުން ހިންގުމުގެ ގާނޫނަށް 15 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.

މި ބިލަކީ، 15 މޭ 2025 ވަނަ ދުވަހުގައި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ އެންމެ ފަހު ޖަލްސާގައި ފާސްކުރެވުނު ބިލެކެވެ.

މި ގާނޫނަށް އިސްލާހު ގެނައުމަށް ނިންމައިފައިވަނީ، ވޭތުވެ ދިޔަ އަހަރުތަކުގެ ލޯކަލް ކައުންސިލްތަކުގެ ދައުރުގައި މެމްބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވެ، ތަކުރާރުކޮށް ބައި އިލެކްޝަންސް ބާއްވަންޖެހުމުގެ ސަބަބުން، ހަރަދުތައް އިތުރުވަމުންދާ މައްސަލައަށް ހައްލެއް ހޯދުމުގެ ބޭނުމުގައެވެ.

މި އިސްލާހާއިއެކު، އަންނާނެ ބައެއް ބަދަލުތަކަކީ،

  • ކައުންސިލެއްގެ ދައުރުގައި ބާކީ އޮތީ 548 ދުވަސް ނުވަތަ އެއަށްވުރެ މަދު ދުވަސް ނަމަ، ބައްދަލުވުމެއް ބާއްވަން އެކަށީގެންވާ މެމްބަރުން ތިބެގެން ނޫނީ ހުސްވެފައިވާ މަގާމެއް ފުރުމަށް އާ މެމްބަަރަކު އިންތިހާބު ނުކުރެވުން
  • އަންހެނުންގެ ތަރައްގީގެ ކޮމިޓީއެއްގެ ދައުރުގައި ބާކީ 548 ދުވަސް ނުވަތަ އެއަށްވުރެ ކުޑަ މުއްދަތެއްނަމަ ކޮމިޓޓީގެ ބައްދަލުވުމެއް ބާއްވަން އެކަށީގެންވާ މެމްބަރުން ތިބެގެން ނޫނީ ހުސްވެފައިވާ މަގާމެއް ފުރުމަށް އާ މެމްބަރަކު އިންތިހާބު ނުކުރެވުން

ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)އަށް 15 ވަނަ އިސްލާހު ވުޖޫދަށް އައުމާއިއެކު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކުރައްވައިފައެވެ. އަދި މި ގާނޫނަށް ގެނެވުނު އިސްލާހަސް އަމަލުކުރަންވެސް ވަނީ ފަށައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: