ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރ. އުނގޫފާރު ފުލުހުންގެ ބެލުމުގެ ދަށުގައިވާ ބަނގުރާ ނައްތައިލައިފި

ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެެއިން، ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

މިކަމާއި ގުޅިގެން މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ، ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާފުޅިތައް ނައްތާލައިފައިވަނީ 2025 މޭ 14ވަނަ ދުވަހުގައިކަމަށެވެ. އެގޮތުން، ނައްތާލައިފައިވަނީ 153 ފުޅީގެ ބަނގުރަލާއި 37 ދަޅު ބަނގުރާކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ފާހަގަކޮށްފައިވާގޮތުން، ނައްތާލެވުނު ބަނގުރާފުޅިއާއި ދަޅުތަކަކީ، މި އަހަރުގެ ފެބްރުވަރީ 21 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ މިހާތަނަށް އިފުރު އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާޏްޑުން އަތުލައި، ފުލުހުންނަށް ހަވާލުކޮށްފައިވާ ތަކެތިކަމަށެވެ.

ބަނގުރާ ނައްތާލާފައި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލާފައިވާ ކޮމިޓީގެ ބެލުމުގެދަށުންނެވެ.

‎

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: