ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޭވާ ހޮޅިއަށް އެޅޭ ހިސާބުންފަނޑިޔާރުގެ ދާއިމީ ކުރަން މަސައްކަތްކުރިތަން ފެނިގެންދިޔައީ: އަލީ ހުސައިން

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓު ދާއިމީ ކުރުމުގެ މަސައްކަތްތައް ކުރި މަންޒަރު ފެނިގެން ދިޔައީ ނޭވާ ހޮޅިއަށް އެޅޭ ހިސާބުންކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

”ސަންގުޓީވީ“ ގެ ހަބަރަށްފަހު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ފެހިގާނޫނު ވުޖޫދަށް އައުމަށްފަހު އެ ގާނޫނުގެ އިންތިގާލީ މަރުހަލާއާއި ގުޅޭގޮތުން ވާހަކަދައްވަމުން އަލީ ހުސައިން ވިދާޅުވީ، 2008 ނޮވެމްބަރު 11 ވަނަ ދުވަހުގައި، އޭރުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމަށް އައްޔަން ކުރެއްވުމަށްފަހު އެންމެ ފުރަތަމަ ކުރައްވަންޖެހޭ ކަމަކީ ދިވެހިރާއްޖޭގައި މިނިވަން ފަނޑިޔާރުގެއެއް އޭރު އޮތް ގާނޫނު އަސާސީ ތަސައްވަރުކުރާގޮތަށް އެކުލާވުމުގެ މަސައްކަތްކަމަށެވެ. އެހެންނަމަވެސް، އެ މަސައްކަތްތައް އެފަދައިން ނުކުރެވުނުކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

އިސްކަންދެވުނު ތަރުތީބުން ބަލާއިރު، އަޅުގަނޑުމެންނަށް އެނގުނީ މިނިވަން ފަންޑިޔާރުގެއެއް އެކުލަވާލުމަކީ ނުވަތަ އެކަށައެޅުމަކީ އެހާ މުހިއްމު، އެހާ އިސްކަމެއް ދެވުނުކަމަކަށް ރައީސް ނަޝީދަށް ފެނިވަޑައިނުގެންނެވިކަން، މިހެން މި ދެންނެވީ، ކުރީގެ ރައީސް، އަޅުގަނޑު ދެންނެވި، ރައީސް މައުމޫން އައްޔަނު ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަކިކުރައްވާފަ ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަނގަވާވަޑައިގެންނެވީ ރައީސް ނަޝީދު، އެ މެމްބަރުން ވަކިކުރައްވާ އާ މެމްބަރުން ލެއްވެވި

އަލީ ހުސައިން ވިދާޅުވިގޮތުގައި، ރައީސް ނަޝީދު 2008 ވަނަ އަހަރު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ހިސާބުން ފެށިގެން މިނިވަން ފަންޑިޔާރުގެއެއް އެކުލަވާލުކަމީ، އެ ބޭފުޅާއަށް މުހިންމުކަމެއް ނޫންކަމަށެވެ. އެގޮތުން، އެ ވިދާޅުވި ބަސްތަކަށް ބާރުދެއްވަމުން އަލީ ހުސައިން ވިދާޅުވެފައިވަނީ، ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަމަށް ފަހު، އެމަނިކުފާނުގެ އެންމެ ފަހު ދައުރުގައި ތިިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އެ މެމްބަރުންގެ ގޮނޑިން ދުރުކުރައްވާ، އާ މެމްބަރުންތަކެއް މަޖިލީހަށް އައްޔަން ކުރިކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ، ރައީސް ނަޝީދު ވެރިކަމާއި ހަވާލުވެ، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެމްބަރުން ބަދަލުކުރިކަމުގައިވީނަމަވެސް، ފަނޑިޔާރުގެއަށް ގެންނަންޖެހޭ އިސްލާހެއް ނުގެންނަކަމަށެވެ. އަދި އެ ދައުރުގައި ފަނޑިޔާރުގޭގައި ތިއްބެވި ފަނޑިޔާރުން ދާއިމީކުރުމުގެ މަސައްކަތްތަކުގެ ތެރެއިން، ޝަރުތުތައް ހަމަވާނަމަ، އެ ފަނޑިޔާރުން ދާއިމީކުރުމުގެ މަސައްކަތްތައް ކުރަންޖެހޭނެކަމަށެވެ. އެހެންނަމަވެސް، މިނިވަން ފަނޑިޔާރުގެއެއް އެކުލަވާލުމަށްޓަކައި މާ ބޮޑު އިސްކަމެއް ނުދެވުނުކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ، މިނިވަން ފަނޑިޔާރުގެއް އެކުލަވާލުމަށް އިސްކަން ނުދެވުނުކަން ހާމަވެގެންދިޔައީ، އިންތިގާލީ މަރުހަލާ ނިމޭ ހިސާބަށް ދިޔުމާއިއެކު، ސުޕްރީމް ކޯޓުގައި އޭރު ތިއްބެވި ބައެއް ފަނޑިޔާރުން ވަކިކުރައްވާ، އާ ފަނޑިޔާރުންތަކެއް އައްޔަންކޮށް، ނޭވާ ހޮޅިއަށް އެޅޭ ހިސާބުން، ސުޕްރީމް ކޯޓު ދާއިމީ ކުރުމުގެ މަސައްކަތްތައް ކުރި މަންޒަރު ފެނުމުންނެވެ.

 

 

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: