ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުލި-ނަލާފުށި ކޯސްވޭ މަޝްރޫއުގެ އަމަލީ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

މުލި- ނަލާފުށި ކޯސްވޭ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށުމުގެ ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މ. މުލިއާއި ނާލާފުށި ގުޅާލުމަށްޓަކައި ކޯޒްވޭއެއް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވައިފިއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް މުއިއްޒެވެ.

ޖުމްލަ 125.5 މިލިއަން ރުފިޔާގެ އަގުހުރި މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނި އެމްޓީސީސީއާއެވެ. 635 މީޓަރުގެ ދިގުމިން ހުންނަ މި ކޯސްވޭގައި 353 މީޓަރުގެ ބިން ހިއްކައިގެން އަޅާ މަގަކާއި 100 މީޓަރުގެ ތިން ބްރިޖް ހިމެނޭނެއެވެ. މި މަޝްރޫއުގެ މަސައްކަތްތައް ނިންމުމަށް 2 އަހަރު ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، 2026 ވަނަ އަހަރުގެ ބަޖެޓުގައި ނަލާފުށީ ބިން ހިއްކުމާއި ބަނދަރުގެ ފެންވަރު މަތިކުރުމުގެ މަސައްކަތްތައް ކުރުމަށް ވަނީ ހިމަނާފައެވެ. މީގެއިތުރުން، މި މަޝްރޫއު ފެށުމާއެކު ”ފަސް މިލިއަން ގަސް ޕްރޮގްރާމް“ ގެ ދަށުން މުލީ އެއާޕޯޓުގައި ގަސް އިންދުމުގެ މަޝްރޫއުވެސް ރައީސްވަނީ ފައްޓަވައިދެއްވާފައެވެ.

މ. އަތޮޅުގެ ދެ ރަށް ގުޅާލުމަށް އެޅޭ ފުރަތަމަ ކޯޒްވޭ މިއީއެވެ. މި ކޯސްވޭގެ މަސައްކަތްތައް ނިމުމުން، މުލިއާއި ނަލާފުށީގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، މަރުކަޒީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓްގެ ފުރުސަތުތައް ފަހިވެގެންދާނެއެވެ.

މި ކޯސްވޭގެ ސަބަބުން އިޤްތިޞާދީ ގޮތުން އިތުރު ފުރުސަތުތަކެއް ހުޅުވި، ދެ ރަށުގެ އިޖްތިމާޢީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: