ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހދ. ކޭލަކުނު އަދި ށ. ފަރުކޮޅުގައި ނޭޗަރ ޕާކު ގާއިމުކުރުމަށް އެމްޓީސީސީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ހދ. ކޭލަކުނު އަދި ށ. ފަރުކޮޅުގައި ނޭޗަރ ޕާކު ގާއިމުކުރުމަށް އެމްޓީޑީސީއާއެކު އެމްއޯޔޫއެއްގައި ސޮއިކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ކޭލަކުނު އަދި ށ. ފަރުކޮޅުގެ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގައި ނޭޗަރ ޕާކުތައް ގާއިމުކުރުމަށްޓަކައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެއް ކަމަށްވާ ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކެއް ގާއިމުކޮށް، ރާއްޖޭގެ އުތުރުގައި އިކޯ ޓޫރިޒަމް ތަޢާރަފުކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ.

މި ނޭޗަރ ޕާކުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްގީކޮށް، އެކި ދާއިރާތަކަށް ފުޅާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، މި ރަށްތަކުގެ ޤުދުރަތީ ރީތިކަމާއި، ކާނި ފަދަ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން ގާއިމުކުރެވޭ ނޭޗަރ ޕާކުތަކަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެއް ކަމުގައި ސަރުކާރުން ދެކެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން އެ ސަރަޙައްދުތަކުގެ ރައްޔިތުންނަށް އާމްދަނީ ލިބޭނެ އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް އުންމީދުކުރެވޭކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްއިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: