ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވްސް އެކްސްޕޯ 2025 ގެ މެއިން ސްޕޮންސަރ އަކަށް ބީއެމްއެލް

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އެކްސްޕޯ 2025 ގެ މެއިން ސްޕޮންސަރއަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފިއެވެ.

ބީއެމްއެލްއިން މައުލޫމާތު ދޭ ގޮތުގައި މި އެކްސްޕޯއަކީ ރާއްޖޭގެ ސަގާފަތާއި އުފެއްދުންތެރިކަމާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭހެން ދިވެހި ވިޔަފާރިތަކުގެ އުފެއްދުންތައް ދައްކުވައިދޭނެ އެކްސްޕޯއެކެވެ.

މި ސްޕޮންސަރޝިޕް އެއްބަސްވުމާ ބެހޭ ހާއްސަ ހަފްލާއެއްވެސް ވަނީ ބޭންކުގައި ބާއްވާފައެވެ. އެގޮތުން މި ހަފްލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް ހުސައިން ޒަމީރު އަދި ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޒިޔާއު ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވްސް އެކްސްޕޯ 2025 ވެގެންދާނީ އެކި ދާއިރާތަކާއި ހުނަރުވެރިން އެއް ފުރާޅެއްގެ ދަށުގައި އެއްބައިވަންތަކޮށް ބާއްވާ އެންމެ ބޮޑު އެއް ހަރަކާތަށެވެ.

ބޭންކުން މައުލޫމާތު ދޭ ގޮތުގައި މެއިން ސްޕޮންސަރ އެއްގެ ހައިސިއްޔަތުން މިފަދަ އިވެންޓެއްގައި ބައިވެރިވުމަކީ ގައުމީ ހުނަރު ކުރިއެރުވުމަށާއި ދިވެހި ވިޔަފާރިވެރިންނާއި އުފެއްދުންތެރި ސިނާއަތްތައް ބާރުވެރިކުރުވުމަށް ބޭންކުން ދޭ އަހުމިއްޔަތުކަމުގެ ހެއްކެކެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބަރާންޗް 107 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 165 އޭޓީއެމް، އޭޖެންތް ބޭންކިންގ ޚިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: