2025 ވަނަ އަހަރުގެ އެޕްރީލް މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ޢާއިލީ މައްސަލަތަކާ ގުޅޭ 32 މައްސަލައެއް ހުށައަޅާފައިވާކަމަށް އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކުދިން ބެލުމުގައި ޖެހޭ މައްސަލަ އެވެ. އެގޮތުން މި ބާވަތުގެ 13 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ.
ދެވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވާ މައްސަލައަކީ ހަޟާނާގެ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭކަމުގެ މައްސަލަތަކެވެ. އެއީ އެގޮތުން، މި ބާވަތުވެ 08 މައްސަލައެއް ވަނީ އެޕްރީލް މަހު ހުށައަޅާފައިވެއެވެ.
ހަމައެހެންމެ، ދަރިންނަށް ޚަރަދު ނުދިނުމުގެ 05 މައްސަލައާއި، ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 06 މައްސަލައެއް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.
މީގެތެރޭގައި ހިމެނެނީ، އަންހެންކުދިންގެ 16 މައްސަލައާއި ފިރިހެން ކުދިންގެ 16 މައްސަލައެވެ.

