އެސްޓީއޯ ޖެނެރަލް ޓްރޭޑިންގ ފަރާތުން މިއަދު ބާޒާރަށް 3 ޕްރޮމޯޝަނެއް ތަޢާރަފް ކޮށްފިއެވެ.
އެސްޓީއޯއިން މައުލޫމާތު ދޭ ގޮތުގައި މިއަދު ތަޢާރަފް ކުރެވުނު ޕްރޮމޯޝަން ތަކަކީ ރެސްޓޯރަންޓް، ކެފޭ ތަކަށާ، ކްރެޑިޓް އޮފާސް ތަކަކާއި އަދި އެޕާރޓްމަން ތަކަށް ބަދަލުވާ ފަރާތްތަކަށް ހާއްސަ ކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަންތަކެކެވެ. ރެސްޓޯރަންޓް ކެފޭ ތަކަށް ހާއްސަ ޕްރޮމޯޝަން ގެ ތަފްސީލް ރެސްޓޯރަންޓް އަދި ކެފޭ ހިންގާ ފަރާތްތަކުން މި ޕްރޮމޯޝަން އަށް ހާއްސަ ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފިލް ކުރެއްވުމަށްފަހު ހުށައެޅުމުން 3 މަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން ގައި ބައިވެރިވެވުނީއެވެ.
މި ޕްރޮމޯޝަންގެ ތެރެއިން ރެސްޓޯރަންޓް އަދި ކެފޭތަކަށް ހާއްސަ އަގުތަކެއްވެސް ވަނީ ކަނޑައެޅިފައެވެ. އަދި 3 މަސް ދުވަހުގެ ތެރޭގައި އެންމެ ގިނައިން ވިޔަފާރި ކުރާ 10 ފަރާތުގެ ތެރެއިން 1 ވަނަ އިނާމަކަށް 150،000 ރުފިޔާގެ ކްރެޑިޓް 2 ވަނަ އިނާމަކަށް 100،000 ރުފިޔާ ފެ ކްރެޑިޓް 3 ވަނަ އިނާމަކަށް 75،000 ރުފިޔާގެ ކްރެޑިޓް އަދި މީގެ އިތުރުން ބާކީ 7 ފަރާތަށް 50،000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީ އެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ހޯލްސޭލް ސެންޓަތުން ކިރައްވާ ވިޔަފާރިތަކަށެވެ. ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަ އޮފަރ މި އޮފަރ ނުވަތަ ޕްރޮމޯ ހާއްސް ކުރެވެނީ ހޯލްސޭލް ވިޔަފާރިތަކަށެވެ.
މި އޮފާ ގެތެރޭގައި ޖެނެރަލް ޓްރޭޑިންގ އިން ފަސޭ ކްރެޑިޓް ފެސިލިޓީ އަދި އެޖެންޓަކަށް ވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި އޮފަރ ކުރިއަށް ދާނީ 3 މަސް ދުވަހުގެ ނިޔަލަށެވެ. އޭގެ އިތުރުން މި 3 މަސް ދުވަހުގެތެރޭ މި އޮފަރ ގެ ތެރެއިން ކްރެޑިޓަށް މުދާ ނަންގަވައިގެން އަދި އެޖެންޓު ގޮތުގައި ވިޔަފާރި ކުރައްވައިގެން ގުރުއަތުން ހޮވޭ 3 ފަރާތަކަށް 1 ވަނަ އިނާމަކަށް 100،000 ރުފިޔާގެ ކްރެޑިޓް 2 ވަނަ އިނާމަކަށް 75،000 ރުފިޔާ ފެ ކްރެޑިޓް 3 ވަނަ އިނާމަކަށް 50،000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީ ހަމަޖެހިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ހޯލްސޭލް ސެންޓަތުން ކިރައްވާ ވިޔަފާރިތަކަށެވެ.
އެޕާޓުމަންޓް އޮފަރ މި އޮފަރ ހާއްސަ ކުރެވިފައިވަނީ ހުޅުމާލެ އަދި މާލޭގައި ހަދަމުންދާ އެޕާރޓުމަންޓު ތަކަށް ބަދަލުވާ ފަރާތްތަކަށެވެ. މި އޮފަރގައި ހިމެނޭނީ އެސްޓީއޯ ޖެނެރަލް ޓްރޭޑިންގ އިން ވިއްކާ ހޯމް އެޕްލަޔަންސް ގެ ބާވަތްތަކެވެ. 15،000-25،000 ދެމެދު ވިޔަފާރި ކުރައވާ ފަރާތްތަކަށް %12 ޑިސްކައުންޓު، 25،000-35،000 ދެމެދު ވިޔަފާރި ކުރައްވާ ފަރާތަތަކަށް 15% ޑިސްކައަުންޓު 35،000 ރުފިޔާ އިން މަތިން ވިޔަފާރި ކުރައްވާފަރާާތްތަކަށް %18 ޑިސްކައުންޓު ލިބިގެންދާނެއެވެ. އަދި ހިޓާޗީ އެއަރކޮނޑިޝަނަރ އިން %2.5 ގެ ޑިސްކަންޓު ލިބިގެންދާނެއެވެ. ތަކެތި ބައްލަވައިގަންނަން ވަޑައިގަންނަވާއިރު އެޕާޓުމަންޓު ލިބުނު ކަމުގެ ލިޔުން ގެންނަންވާނެއެވެ.
މި އޮފަރ 2025 ވަނަ އަހަރު ނިމެންދެން ކުރިއަށް ގެންދާނެ ކަމަށް އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން މައުލޫމާތުދެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިންނެވެ.

