ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު އޮތް މަޖިލީހުގައި ރައްޔިތުންގެ މެމްބަރުންނެއް ނެތް: ޒިޔާދު

ވަައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރާ މެމްބަރުން ނެތްކަމަށް ވައިކަރަަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މަރަދޫގައި ބޭއްވި ޖަލްސާގައި ޒިޔާދު ވިދާޅުވީ، އިންޑިއާގެ ސަރުކާރާއިއެކު އެމްޑީޕީގެ ދައުރުގައި ގާއިމު ކުރި އެއްބަސްވުންތަކުގެ ވާހަކައަކީ ވަރަށް ބޮޑަށް އެކަމުގެ ސަބަބުން ކަންބޮޑުވުންތައް އުފެދިފައިވާ މައްސަލައެއް ކަމަށެވެ. އަދި ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫންއާއި އެކަމާއިމެދު ސުވާލު ކުރެއްވުމުން ވެސް އެދެވޭ ޖަވާބެއް ނުލިބޭކަމަށް ވިދާޅުވި އެވެ. މިނިސްޓަރ ވަނީ ރާއްޖެ މިނިވަންވީ ހިސާބުން ފެށިގެން މިއަދާއި ހިސާބަށް ވެފައިވާ އެއްބަސްވުންތަކުގެ މައުލޫމާތު ދެއްވާފައިކަމަށް މެމްބަރު ވިދާޅުވީ.

ޒިޔާދު ވިދާޅުވީ މިސަރުކާރާއި ހަމައަށް އައިއިރު އޮތީ 4 އެއްބަސްވުމެއްކަމަށް ބުނާއިރު، އެކަން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

މެމްބަރު ވިދާޅުވީ، އެމްޑީޕީން ފެށި މަސައްކަތްތައް އަދި ނުނިމޭކަމަށެވެ. އެގޮތުން އެމްޑީޕީން ފަށާފައި ވަނީ ޖަޒީރާ ރާއްޖޭގައި ދިވެހިންނަށް ބާރުވެރިކަމާއިއެކު އުޅެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްކަމަށް ފާހަގަކުރެއްވިއެވެ. ޒިޔާދު ވިދާޅުވީ، އެމްޑީޕީގެ ކަންބޮޑުވުމަކީ ބިނާކުރަން ފެށި ނިޒާމު ހަލާކުވެގެންދިއުންކަމަށެވެ.

ޒިޔާދު ވިދާޅުވީ، ހަގީގަތަށް ބަލާއިރު މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ މެމްބަރުންނެއް ނެތްކަމަށެވެ. އަދި ހުރިހާ ބާރުތަކެއް އަތުން ބީވެގެން ގޮސްފައިވާކަމަށާއި މިއަދު އޮތީ ކައުންސިލުތައްކަމަށް ފާހަގަކުރެއްވިއެވެ. ޒިޔާދު ވިދާޅުވީ، ސަރުކާރުންދަނީ ކައުންސިލުތަކަށްވެސް ބަދަލުތައް ގެނައުމަށް މަސައްކަތްކުރަމުންކަމަށެވެ.

އެގޮތުން ރައީސް އެދިވަޑައިގަންނަވާ ގޮތަށް ކައުންސިލުތަކުގެ އަދަދު މަދުކުރުން ފަދަ ބަދަލުތައް ގާނޫނުއަސާސީއަށް ގެނައުމަށް ކަނޑައެޅިފައިވާކަމަށާއި ވަކި ހިސާބަކަށް ދާއިރު އިންތިހާބުގައި ވާދަކުރެވޭނީ ހަމައެކަނި ޕީއެންސީއަށް ކަމަށް އޮވެދާނެހެން ހީވާކަމަށެވެ.

މެމްބަރު ވިދާޅުވީ، މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ނަރީޝް އިސްތިއުފާ ދެއްވީ އެއަށްވުރެ ބޮޑު މަގާމެއް ހޯއްދެވުމަށްކަމަށެވެ. ނަމަވެސް އެފަދަ މަގާމަކަށް އައުމަށްޓަކައި ބޭނުންވާ ފަދަ ސެޓިފިކެޓްތައް ނެތުމުން އެހެން ވަޒީފާއެއް ހަމަޖައްސާފައިވާކަމަށް ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ، ކައުންސިލު ބައި އިލެކްޝަނެއް ނުބާއްވަން ނިންމާފައިވަނީ އެ ގޮނޑިއަށް މީހަކު އިންތިހާބު ނުކުރުމުގެ ގޮތުންކަމަށެވެ. އެހެންކަމުން ދެން މި ދައުރުގައި ކައުންސިލެއްގެ މެމްބަރަކު އިސްތިއުފާ ދެއްވިނަމަވެސް ބައި އިލެކްޝަނެއް ނޯންނާނެކަމަށާއި އެކަމުގެ އެންމެ ބޮޑު ގެއްލުމެއް ލިބިގެންދާނީ އައްޑޫ ސިޓީއަށްކަމަށް މައުލޫމާތު ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: