ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުތައް ތަންފީޒު ކުރުމުގައި ޒިންމާ އޮތީ ހަމައެކަނި އިދާރާތަކުގައެއް ނޫން!

ގާނޫނުތައް ތަންފީޒު ކުރުމުގައި ޒިންމާ އޮތީ ހަމައެކަނި އިދާރާތަކުގައެއް ނޫން! --- ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ގާނޫނުތައް ވުޖޫދުކުރުމާއި އަދި ގާނޫތައް ތަންފީޒު ކުރުމަކީ ހަމައެކަނި ދައުލަތެއްގެ ޒިންމާ އޮންނަ ކަމެއް ކަމަށް ދެކޭނަމަ އެއީ ގޯހެކެވެ. ކޮންމެ ގާނޫނެއް ވުޖޫދުވެގެން އަންނަނީ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމުގެ މަގްސަދުގައިކަމަށްވުމާއި އެކު ރައްޔިތުން އެ ގާނޫނުތަކަށް ބޯލަނބައި ކިޔަމަންވުން މުހިންމެވެ. ރާއްޖޭގައި އެތަކެއް ގާނޫނުތަކެއް ހެދިފައިވާއިރު އެކަންކަމަށް ރައްޔިތުންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބެއެވެ. މަސްތުވާތަކެއްޗާއި ބެހޭ ގާނޫނާއި، ޓްރެފިކަގެ މައްސަލަތައް ހައްލުކުރުމަށް ހުރި ގަވާއިދުތަކާއި، ވޭޕް މަނާ ކުރުމާއި މިފަދަ އެތައް ގާނޫނެއް އެބަހުއްޓެވެ. އެހެންނަމަވެސް ތަންފީޒީ އިދާރާތަކާއި ހިސާބަށް ގާނޫނުތައް ދިއުމާއިއެކު އެ ގާނޫނަކުން ލިބެންޖެހޭ އެއްވެސް މަންފާއެއް ނުލިބެއެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ރައްޔިތުންގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ނުލިބުމެއެވެ.

މަސްތުވާތަކެތި ވިއްކާ މީހުންނާއި، ބޭނުން ކުރާ މީހުންނަށް ގާނޫނުގައި ވަކިވަކި އަދަބުތައް ކަނޑައެޅިފައި ވެއެވެ. އެކަމަކު އެ މީހުންގެ މައްސަލަ ބަލައި ފިޔަވަޅު އެޅެނީ ކިހާ މިންވަރަކުންތޯ ސުވާލު އުފެދެ އެވެ. އެހެން ގާނޫނުތަކުގައިވެސް ހަމަ ކަންކަން ވަނީ އެހެންނެވެ.

މުޅި މައްސަލައަށް ބަލާއިރު މިކަމުގައި ހަމައެކަނި އޮތީ އެންމެ ފަރާތެއްގެ އިހުމާލެއް ނޫނެވެ. މި މައްސަލައިގައި އެކި ފަރާތްތަކުގެ އިހުމާލު އެބައޮތެވެ. އެގޮތުން ކަމުގެ ހައްލެއް ހޯދަން ބަލާއިރު މިކަން ފެށެން ޖެހޭނީ ގާނޫނުތައް ހަދާ މީހުންނާއި ހިސާބުންނެވެ. އެގޮތުން މަޖިލީހުން ގާނޫނުތައް ހުށައަޅާއިއިރު އެ ގާނޫނު ޑްރާފްޓްކޮށްފައި ވަނީ ރަނގަޅަށްތޯ ބަލަންޖެހެއެވެ. އެ ގާނޫނުން ދިމާވެދާނެ އެންމެ އަސާސީ މައްސަލަތައް ހައްލު ލިބެންޖެއެވެ. އަދި ގާނޫނު ފަރުމާކުރުމުގައި، ގާނޫނު ބުނާގޮތަށް އަމަލުތައް ކުރިއަށް ނުދާ ކަމުގައި ވާނަމަ އެކަމަށް ވެސް ހައްލުތަކެއް އޮންނަނެ ޖެހެއެވެ. އެހެންކަމުން ގާނޫނުތައް ފަރުމާކުރުމުގައި އަވަސް އަރުވައިލައިގެން ކަންކަން ނިންމާކަމުގައި ވާނަމަ އޭގެން ނެރެން ބޭނުންވާ ނަތީޖާ ކާމިޔާބު ނުވާނެއެވެ.

ދެން އޮތީ ގާނޫނުތައް ޑްރާފްޓްކޮށް އެކަމާއި މެދު ބަހުސްކޮށް، އެ ގާނޫނު މަޖިލީހުން ފާސްކޮށް، ތަސްދީގުކުރުމާއިއެކު ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ މަސައްކަތް ތަކެވެ. އެ ގާނޫނެއް ތަަސްދީގު ކުރުމާއި އެކު، އަމަލު ކުރަން ފެށުމަށް ވަކި މުއްދަތެއް ލިބެ އެވެ. އެއީ ގާނޫނުގެ ދަށުން ބުނާ ގަވައިދުތައް ހެދުމާއި، އިތުރު އެހެނިހެން މަސައްކަތްތަކަށެވެ.

ތަންފީޒީ އިދާރާތަކާއި ހަމައަށް އެ ގާނޫނެއް އަންނައިރު އެކަމުގައި އާއްމުރައްޔިތުން ވެސް ނަގަން ޖެހޭ ޒިންމާ އޮވެއެވެ. ތަންފީޒީ އިދާރާތަކަށް ގާނޫނު ތަންފީޒު ނުކުރެވުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީވެސް އާއްމު ރައްޔިތުން ގާނޫނުތަކަށް ތަބާނުވުމެވެ. އެހެންނަމަ މިއަދު ވުޖޫދު ކުރެވިފައިވާ ކޮންމެ ގާނޫނަކީވެސް އޭގެން ފައިދާ ލިބޭނެ ގާނޫނަކަށް ވާނެއެވެ. އެހެންނަމަވެސް ގާނޫނުތައް ތަންފީޒު ކުރުމުގައި ތަންފީޒީ އިދާރާތަކުގެވެސް އިހުމާލު އެބައޮތެވެ.

ގާނޫނަކުން ބުނެދޭ ކަމެއް އެންމެ ފުރިހަމައަށް ތަންފީޒީ އިދާރާތަކުން ކުރޭތޯ މިއީ އުފެދޭ ސުވާލެކެވެ. ގާނޫނުތަކުގައި މަނާ ކަންކަން ކުރުމުން ދޫ ދޭ އުސޫލެއްވެސް އޮތީ ގާއިމުވެފައެވެ. މިސާލެއްގެ ގޮތުން ބަލާނަމަ އާއްމު ރައްޔިތުން ކަމެއް ގޯހުން ތަކުރާރުކޮށް ކުރާނަމަ އެކަމަށް ދުލެއް ދީފިނަމަ އެކަން ދެންވެސް ހަމަ ވާނީ ތަކުރާރެވެ. އެހެންކަމުން ގާނޫނުން މަނާކުރެވިފައިވާ ކަންކަން އަދި ހާއްސަގޮތެއްގައި އުޅަނދު ދުއްވުމުގެ ކަންކަމުގައި ދޫދޭނަމަ ގާނޫނުގައި ބުނާއެއްޗެއް ހާސިލެއް ނުވާނެއެވެ. ގާނޫނާއި ހިލާފު ކަންކަން ތަކުރާރު ވާނަމަ އެކަމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުން ނޫން ގޮތެއް ނެތީއެވެ. އެހެންނޫން ނަމަ މިއަދު ގާނޫނުތަކަށް ބޯ ލަނބާ މުޖުތަމައުއެއް އޮތީހެއެވެ. ގާނޫނަކީ ރައްޔިތުން އަމަލު ކުރުމަށް ހަދާ އެއްޗަކަށް ވާއިރު، އެގާނޫނުތަކަށް ގޮންޖަހައި، ގާނޫނާއި ހިލާފުކަންކަން ކުރާ މީހުންނަށްވެސް ކޮންމެވެސް އަދަބެއް އޮންނަން ޖެހޭނެއެވެ.

ސަރުކާރުތަކުން ގިނަ ފަހަރު އާއްމު ރައްޔިތުންނަށް ކަންކަމުގައި އެމީހުންނަށް ފަސޭހައަށް ދުލެއް ދީފިނަމަ އެކަން ވަނީ ތަކުރާރުކޮށް އެމީހުން ކުރާ ކަމަށެވެ. އަދި ހަމައެއާއިއެކު ގާނޫނުތައް ތަންފީޒު ނުވެ އޮތުމުން މުޖުތަމައުގެ ތެރޭގައި ހިނގާ ނޭދެވޭ ކަންކަން ދުވަހުން ދުވަހަށް އިތުރުވަމުން ދާއިރު މިކަމުން ދައުލަތަށްވެސް އެތައް އަސަރުތަކެއް ކުރެއެވެ. އެގޮތުން ދައުލަތަށް ލިބެންޖެހޭ ޖުރިމަނާ ފަދަ ބޮޑެތި އަދަދުތަކުން ހުރި ފައިސާ ލިބުމުގައި ހުރި ގޮންޖެހުން ތަކަކީވެސް ހަމަ ފާހަގަކޮށްލަން މުހިންމު ކަމެކެކެވެ. އެހެންކަމުން އަޅުގަނޑުގެ ނަޒަރުގައި މިކަމަށް ހައްލުތަކެއް ގެނެެން އޮތީ މިހާރު މިއޮތް ވަރަށްވުރެ ހަރުކަށި ކަންކަން ގާނޫނުތަކުގައި ހިމަނައިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: