ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއެއްގޮތަށް، މ އަތޮޅުގެ ދިއްގަރުގައި ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު އެވެ. އަދި ބީއެމްއެލްގެ ޗެއަރޕާސަން އަހްމަދު އަލީ ހަބީބް އަދި ޗީފް އެގްޒަކެޓިވް އޮފިސަރ މުހައްމަދު ޝަރީފުގެ އިތުރުން މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނައުފަލުވެސް ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މާލީ މުހިންމު ހުރިހާ ހިދްމަތްތަކެއް އެއްތަނަކުން ލިބޭނެފަދަ އިންތިޒާމެއް، ރާއްޖޭގެ މީހުންދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، ދިވެހިރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި އޭޓީއެމްގެ ޚިދްމަތްތައް ފޯރުކޮށްދިނުމަށް އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބޭންކް އޮފް މޯލްޑިވްސްއާޢި ދެމެދު އެއްބަސްވުމެއްގައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 7 ވަނަ ދުވަހުގައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބީއެމްއެލްގެ އޭޓީއެމްތައް ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން، 2025 މޭ 15 ވަނަ ދުވަހުގައި ، ނ. އަތޮޅުގެ ދެ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިދުމަތް ވަނީ ރަސްމީކޮށް ފަށައިފައެވެ. އެއީ، ނ. ކުޑަފަރީގެ އިތުރުން ނ. ހެނބަދޫ އެވެ.

