ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ލާމަރުކަޒީ ނިޒާމުގެ ވާހަކަތައް ދައްކަވާއިރު ލިބެނީ ބިރުވެރި މެސެޖެއް: އައްޑޫ ސިޓީގެ މޭޔަރު

އިކޮނޮމިކް މިނިސްޓާ ފައްޔާޒް އިސްމާއީލް އާއި އަލީ ނިޒާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުއިއްޒު ލާމަރުކަޒީ ނިޒާމުގެ ވާހަކަތައް ދައްކަވާ ކޮންމެ ފަހަރެއްގައިވެސް ބިރުވެރި މެސެޖެއް ލިބިގެންދާކަމަށް އައްޑޫ ސިޓީ ކައުންސިލުގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މަރަދޫގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އައްޑޫ ސިޓީ ކައުންސިލުގެ މޭޔަރު ނިޒާރު ވިދާޅުވީ، މިވީތަނަށް ޕީއެންސީގެ ލީޑަރުން ވެރިކަމަށް ވައިޑަތުމަށާއި ވަޑައިގެންނެވި ފަހުންވެސް ތެދުބަހުން ރައްޔިތުންނާއި މުހާތަބްކޮށްފައިނުވާކަމަށެވެ. ނިޒާރު ވިދާޅުވީ، ކައުންސިލުތަކުގެ ވާހަކަތައް ދެއްކިއިރު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ޗެމްޕިއަނަކަށް ވެގެންދާނެކަމަށް ސިފަކުރެއްވިކަމަށާއި ސަބަބަކީ މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުންނެވުމަށްފަހު ރައީސްކަމަށް ވަޑައިގަތުމުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން އާދެވުންކަމަށް ވެގެންދިއުންކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ވެރިކަމަށް ވަޑައިގެންނެވި ފަހުން ލާމަރުކަޒީ ނިޒާމާއި ގުޅޭގޮތުން ބަސްފުޅެއް ވިދާޅުވެއްޖެނަމަ އެއީ ބިރުވެރި މެސެޖަކަށް ނޫނީ ވެގެން ނުދާކަމަށާއި ބަދަލެއްގެ ވާހަކަތައް ދެއްކެވި ނަމަވެސް ބިރުވެރި މެސެޖެއް ލިބިގެންދާކަމަށް ހިއްސާކުރެއްވިއެވެ. ނިޒާރު ވިދާޅުވީ، ނިޒާމު ބަލިކަށި ވެގެންދާގޮތަށް މަލާމާތްތައް ކުރައްވަމުންދާކަމަށާއި ކައުންސިލުތަކުން ބެންކޮކަށާއި މަހަށް ދާ ވާހަކަތައް ދައްކަވައި ކުރާނެ މަސައްކަތްތަކެއް ނެތް ވާހަކަތައްވެސް ރައީސް މުއިއްޒު ދެއްކެވިކަމަށެވެ.

ނިޒާރު ވިދާޅުވީ، ކައުންސިލުތަކަށްދޭ ފައިސާއަށް ވެގެންދާގޮތް ރަނގަޅަށް ސާފުނުވާކަމުގެ ވާހަކަތައް ދެއްކެވިއިރު ލިބޭ ފައިސާއިން ރައްޔިތުންނަށް ހިދުމަތް ދެވޭނެ ގޮތްތައް އެންމެ ރަނގަޅަށް ތަޖުރިބާކުރައްވާފައިވަނީވެސް ރައީސް މުއިއްޒުކަމަށެވެ. އެގޮތުން އެމްޑީޕީން ގާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ބަޖެޓެއް ލިބެމުން އައިސްފައިވަނީ މާލެ ސިޓީ ކައުންސިލަށްކަމަށާއި ސަބަބަކީ އެންމެ ބޮޑު އާބާދީއެއް އޮތް ސަރަހައްދަށްވުންކަމަށް މައުލޫމާތު ދެއްވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: