ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ލިވަޕޫލްއާއިއެކު އިތުރު މަޝްވަރާތަކެއް!

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ލިވަޕޫލްއާއިއެކު އިތުރު މަޝްވަރާތަކެއް!
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހިމް ލިވަޕޫލް ފުޓްބޯޅަ ކްލަބުގެ ވަފުދަކާ ބައްދަލުކުރައްވައި، ކުރިއަށް އޮތް ސީޒަނުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ލިވަޕޫލް އެފްސީއާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކޮށް، އެ ކްލަބުގެ މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ. މީގެ އިތުރުން، ލިވަޕޫލް އެފްސީގެ ’ދަ ރެޑް ވޭ‘ އިނިޝިއޭޓިވްގެ ދަށުން ރާއްޖޭގައި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ.

ބައްދަލުވުމަށްފަހު މިނިސްޓަރ ވިދާޅުވީ، ލިވަޕޫލް އެފްސީގެ ވަފުދާއެކު ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެވުނުކަމަށާއި، ކުރިއަށް އޮތް ސީޒަނުގައި ގުޅިގެން ކުރާނެ މަސައްކަތްތަކާ ބެހޭގޮތުން ވަރަށް ފުޅާކޮށް މަޝްވަރާކުރެވުނުކަމަށެވެ. އަދި މަޝްވަރާތަކާއިމެދު ހިތްހަމަ ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

’ދަ ރެޑް ވޭ‘ އިނިޝިއޭޓިވްގެ ދަށުން ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ލިވަޕޫލް އެފްސީއާއެކު މަސައްކަތްކުރުމަށް ވަރަށް ބޮޑަށް އުފާވޭ.

މިނިސްޓަރު ވިދާޅުވިއެވެ.

މި ބައްދަލުވުމަކީ ރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަޤްވާމީ ފެންވަރުގައި އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއްކަމަށް މިނިސްޓްރީއިން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: