ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނަސްގެ މަރުގެ ތުހުމަތުވާ މީހުން ބަންދު ނުކުރުމަށް ހައިކޯޓުން އަނެއްކާވެސް ނިންމައިފި

އަނަސްގެ މަރުގެ ތުހުމަތުވާ މީހުން
ޝެއާރކޮށްލާ ކަހަލަދޯ؟

މުހައްމަދު އަނަސް މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ބަންދު ނުކުރުމަށް ހައިކޯޓުން އަނެއްކާވެސް ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތައް ޝަރީއަތް ނިމެންދެން ބަންދު ކުރަންޖެހޭ ސަބަބެއް ނެތްކަމަށް މީގެ ކުރިން ހައިކޯޓުގެ ފަނޑިޔާރުން ވަނީ ނިންމަވާފައެވެ. އެހެންވެ އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީއެވެ.

ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުންތަކުގައި ވަނީ ދެފަރާތަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވައި، ޚުލާސާ ގޮތެއްގައި ވާހަކަ ދެއްކުމަށްވެސް ފުރުސަތު ދެއްވާފައެވެ. އަދި އެމީހުންގެ ބަންދާމެދު އަލުން ގޮތެއް ކަނޑައެޅުމަށް މައްސަލަ ހައިކޯޓަށް އަނބުރާ ފޮނުވާލީއެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ޝަނީޒް ޢަބްދުﷲ, ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިސަލް އަދި ފަނޑިޔާރު އަލްއުސްތާޛް މުޙައްމަދު ސަލީމްއެވެ.

ހައިކޯޓުގައި ވަނީ މި މައްސަލައާ ގުޅޭގޮތުން ދެފަރާތުންވެސް ދައްކަން ހުރި ވާހަކަތައް ދެއްކުމަށް ފުރުސަތު ދެއްވާފައެވެ. އެގޮތުން ހައިކޯޓުގައި ކުރިއަށް ދިޔަ މި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، ތުހުމަތު ކުރެވޭ މީހުން ބަންދުކުރުމަށްޓަކައި ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިތޯ ބަލާއިރު، ދައުވާ ކުރެވުނުއިރު ހުރި ހެކިތަކަށް ބަލަންޖެހޭނެ ކަމަށެވެ.

މި މައްސަލައިގައި ދަށު ކޯޓަށް ހުށަހެޅިފައިވާ ހެކިތަކާ ގުޅޭގޮތުން ޙުކުމުގައި ސުވާލު އުފައްދާފައިވީނަމަވެސް، އެއީ ވުޖޫދުގައި ނެތް އެއްޗެއްކަމަށް ބަލައިގެން ގޮތެއް ނިންމުމަކީ އަދުލު އިންސާފަށް ހުރަސް އެޅިދާނެ ކަމެއްކަމަށް ވެދާނެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެހިސާބުން ފަނޑިޔާރުން ވަނީ ދައުލަތުން އެދެނީ ދަށު ކޯޓުން ކޮށްފައިވާ ޙުކުމަކީ ނެތް ޙުކުމެއްތޯ ބެލުމަށްތޯ ސުވާލުކޮށްފައެވެ. ވަކިން ޚާއްސަކޮށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިތޯ ބަލާނީ ކޮން ހެކިތަކަކަށް ބަލައިގެންތޯ ފަނޑިޔާރުން ވަނީ ގިނަ ސުވާލުތަކެއް ކުރައްވާފައެވެ.

އެ ނުކުތާއާ ގުޅޭގޮތުން ފަނޑިޔާރުން ކުރި ގިނަ ސުވާލުތަކަކަށް ދައުލަތުން ޖަވާބުދީފައިވެއެވެ. އެގޮތުން ދައުލަތުން ދެކޭ ގޮތުގައި މައްސަލައިގައި ދައުވާ ކުރެވުނުއިރު ހުރި ހެކިތަކަށް ބަލައިގެން، ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިތޯ ނުވަތަ ނޫންތޯ ކަނޑައެޅިދާނެއެވެ.

އެހެންނަމަވެސް ހައިކޯޓުގެ ފަނޑިޔާރުން ނިންމެވީ އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ މީހުން ބަންދު ނުކުރުމަށެވެ. އެގޮތުން ހައި ކޯޓުން ނިންމި ނިންމުމުގައިވަނީ ދައުވާލިބޭ މީހުން އެ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ބުރަވެވޭ ފަދަ ތަފްސީލެއް ދައުލަތެއް ހުށަހަޅާފައިނުވާ ކަމަށެވެ.

އެހެންކަމުން އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރު ނުކުރެވޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ. އެގޮތަށް ނިންމީ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: