ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝާހީ ފްރޯޒަން ގެ ނަމުގައި އެމްއެޗްއާރް އިން ފްރޯޒަން އައިޓަމްސްއަށް ޚާއްސަ ފިހާރައެއް!

ޝާހީ ފްރޯޒަން ގެ ނަމުގައި އެމް.އެޗް.އާރުއިން ހުޅުވި ފިހާރަ
ޝެއާރކޮށްލާ ކަހަލަދޯ؟

ޝާހީ ފްރޯޒަން ގެ ނަމުގައި އެމް.އެޗް.އާރު ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް އިން ފްރޯޒަން އައިޓަމްސް އަށް ޚާއްޞަ ފިހާރަ އެއް މާލެ ނޯތު ހާބަރ ގައި ހުޅުވައިފިއެވެ.

މިހަފްތާގެ އާދީއްތަ ދުވަހު ޕަލަސްތީނު ކޯލާ ރާއްޖެ އަށް ތަޢާރަފް ކުންފުނިން ހުޅުވި މިފިހާރައިން ފިނިކުރި ކުކުޅާއި، ބީފް އަދި މަޓަން އެކުލެވޭ ގޮތަށް މީޓް ގެ ގިނަ ބާވަތްތަކެއް ލިބެން ހުންނާނެ. މީގެ އިތުރުން ސީފުޑް ގެ ބާވަތްތަކާއި ފްރޯޒަން ވެޖެޓަބަލްސް އާއި އައިސް ކްރީމް ގެ ބާވަތްތައް ވެސް ލިބެން ހުރެއެވެ.

ރާއްޖެ އަށް ފިޔާ، ބިސް، އަލުވި ފަދަ ޕެރިޝަބަލްސް އެންމެ ގިނައިން އެތެރެކުރާ އެމް.އެޗް.އާރު ޓްރޭޑިން އިން ފްރޯޒަން އަށް ޚާއްޞަ ފިހާރަ އެއް މާލޭ ނޯތު ހާބަރ ގައި ހުޅުވުމުގެ މައިގަނޑު މަޤްޞަދަކީ އަތޮޅުތެރޭގެ ރަށްރަށުގެ ވިޔަފާރި ތަކަށް ފަސޭހައިން އެއްތާކުން ފްރޯޒަން ގެ ބާވަތްތައް ލިބޭނެ ގޮތް ހަދައި ދިނުން ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

މި ކުންފުނިން ވަނީ ޝާހީ ބްރޭންޑް ގެ ބޯންލެސް ޗިކަން ވެސް ދާދީ ފަހުން ރާއްޖޭގެ ބާޒާރަށް ތަޢާރަފް ކޮށްފައެވެ. އެކި ސައިޒްގެ ހޯލް ޗިކަން އާއި ބޯންލެސް ޗިކަން ބްރެސްޓް އަދި ބޯންލެސް ޗިކަން ތައި ގެ އިތުރުން ޗިކަން ސޮސެޖް އާއި ޗިކަން ޑްރަމް ސްޓިކް ފަދަ ތަކެތި ހޯލްސޭލް ކޮށް އަދި ވަކިވަކިން ވެސް މި ފިހާރަ އިން ލިބެން ހުންނާނެކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

އެމްއެޗްއާރްއިން މައުލޫމާތު ދޭ ގޮތުގައި ރިޒޯރޓް ތަކަށާއި ރެސްޓޯރަންޓްސް ތަކަށް ބޭނުންވާ ސީފުޑް ގެ ގިނަ ބާވަތްތަކެއް ހެޔޮ އަގުގައި މި ފިހާރަ އިން ލިބުމަކީ ކުންފުނީގެ އަމާޒެކެވެ.

ހަމައެއާއެކު، އަންނަ ހަފްތާގެ ހޮނިހިރު ދުވަހުން ފެށިގެން އީދު ސޭލް ގެ ނަމުގައި ހަފްތާއެއްގެ ޕްރޮމޯޝަން އެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް ވެސް އެފަރާތުން ވަނީ ހިއްސާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: