ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާގެ ސަރުކާރުގެ އެހީއާއިއެކު ކައުންސިލް އިމާރާތްތަކެއް ބިނާކުރަނީ!

ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ކޮންސްޓްރަކްޝަން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލް އިދާރާތަކުގެ އައު އޮފީސްތައް ޒަމާނީ ފެންވަރަށް އިމާރާތްކުރުމަށްޓަކައި ލެޓާރ އޮފް އެކްސްޗޭންޖްގައި ސޮއިކޮށްފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މައުލޫމާތު ދީފައިވާގޮތުން އެ މިނިސްޓްރީންވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ދުވަސްވީ އަދި ޖާގައިގެ ދަތިކަންހުރި ކައުންސިލް ޢިމާރާތްތަކުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ޗައިނާގެ ސަރުކާރާއިއެކު ލެޓާރ އޮފް އެކްސްޗޭންޖްގައި ސޮއިކޮށްފައެވެ.

މި މުއާމަލާތް މެދުވެރިކޮށް ކައުންސިލް އިދާރާތަކުގެ އައު އޮފީސްތައް ޒަމާނީ ފެންވަރަށް އިމާރާތްކުރުމަށްޓަކައި ޗައިނާގެ ސަރުކާރުގއެ އެހީގެ ދަށުން މަސައްކަތްތައް ކުރެވިގެންދާނެ އެވެ.

މި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބުކަމަށްވާއިރު ޗައިނާގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ކޮންގް ޒިއަންހުއާ އެވެ. ހިންގުމަށް ކަނޑައެޅިފައިވާ މަޝްރޫޢުގެ ދަށުން 50 ކައުންސިލެއްގެ އިމާރާތް ޑިޒައިންކުރުމާއި އެޅުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: