ދިވެހި ފުލުހުންގެ މައި މަރުކަޒާއި ޑާޓާ ސެންޓަރު ހުޅުމާލޭއަށް ބަދަލުކުރަން ނިންމައިފިއެވެ.
މިވަގުތު ފުލުހުންގެ މައިމަރުކަޒެއްގެ ގޮތުގައި ބޭނުންކުރަމުން ދަނީ، ޝަހީދު ހުސައިން އާދަމް ބިލްޑިންގއެވެ.
އެހެންނަމަވެސް، ހުޅުމާލެއަށް ފުލުހުންގެ މައިމަރުކަޒު އަދި ޑާޓާ ސެންޓަރު ހުޅުމާލޭގައި އަޅުމަށްޓަކައި ހައުސިންގ ޑިވެލޮޕްމެންޓް(އެޗްޑީސީ) އާއިއެކު ވަނީ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންއެވެ. އަދި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މޭނިންގ ޑިރެކްޓަރު މައުރޫފް ޖަމީލެވެ.
މި އެއްބަސްވުމާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.
ޝަހީދު ހުސައިން އާދަމް ބިލްޑިން 1999 ވަނަ އަހަރުގެ އޭޕްރިލް 21 ގައި ހުޅުވައިދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ޒައާއްމަތުގައެވެ.
ދިވެހި ފުލުހުންގެ ހިދުމަތަކީ ދިވެހި ރައްޔިތުންގެ ހަގުތަކާއި ވަރަށް ގުޅިފައިވާބަޔަށްވާތީ، އެ އިދާރާއިން އަދާކުރާ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި ފުލުހުންގެ އިންފްރާސްޓަރަކްޗަރ ފުޅާކުރުމަކީ މުހިންމުކަމެކެވެ.

