ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާ ސަފީރު ކުރައްވަމުންދާ މަސައްކަތްތަކުގެ ސަބަބުން މަޝްރޫޢުތަކުގެ ދުވެލި ބާރުކުރުމަށް މަގުފަހިވޭ: މުއްތަލިބު

މިނިސްޓަރ މުއްތަލިބު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ އައު ސަފީރު ރާއްޖެއަށް ވަޑައިގެން ކުރައްވަމުންދާ މަސައްކަތްތަކުގެ ސަބަބުން މަޝްރޫޢުތަކުގެ ދުވެލި ބާރު ކުރުމަށް މަގުފަހިވެފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ޗައިނާ ސަރުކާރުގެ އެހީގެ ދަށުން 50 ކައުންސިލު އިދާރާ އިމާރާތްކުރުމުގެ މަސައްކަތްތަކުގެ ލެޓާރ އޮފް އެކްސްޗޭންޖްގައި ސޮއިކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ މުއްތަބިލު ވިދާޅުވީ، މި މަރުހަލާ ނިމުމާއިއެކު ޓެކްނިކަލް ޑީޓެލްތަކުގެ މަސައްކަތްތައް ކުރެވިގެންދާނެކަމަަށާއި ކޮންސަލްޓަންޓެއް އައްޔަނުކޮށް ޑިޒައިން މަސައްކަތްތައް ކުރެވި އެއަށްފަހު ދެންހުރި މަރުހަލާތަކަށް ވާސިލުވެވިގެންދާނެކަަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މިއީ ޗައިނާގެ ހިލޭ އެހީގައި ކުރިއަށް ގެންދާ މަޝްރޫޢުއަކަށްވުމުން އެކި ސްޓޭޖުތައް ކަނޑައެޅިފައިވާކަން ފާހަގަކުރުން މުހިންމުކަމަށެވެ. އެގޮތުން ޓެންޑަރިންގް މަރުހަލާއަށް ވާސިލުވުމުގެ ކުރިން ޗައިނާ އެއިޑްގެ ދަށުން ކަނޑައެޅިފައިވާ ހުރިހާ މަރުހަލާއެއް ފުރިހަމަކުރަންޖެހޭނެކަމަށާއި ކޮންމެ މަރުހަލާއަކަށްފަހު އަނެއް މަރުހަލާގެ މަސައްކަތްތައް ފެށުމުގެ ކުރިން ދެ ސަރުކާރުގެ ދެމެދު އެއްބަސްވުންތަކެއް ހެދިގެންދާނެކަމަށެވެ.

އެހެންކަމުން ޕްރޮޕޯސަލްއަށް އެއްބަސްވެވި ޗައިނާއިން އެގައުމުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް އެއްބަސްވުމުން މިހާރު ސޮއިކުރެވިފައިވަނީ ލެޓާރ އޮފް އެކްސްޗޭންޖުގައިކަމަށް ހިއްސާކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން ދެ ގައުމުގެ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭކަމަށެވެ. އަދި މިއީ ދެގައުމު ގުޅިގެން ރައްޔިތުންނަށް ފައިދާހުރި ކަންކަން ހާސިލުކުރުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ރަނގަޅު ނަމޫނާއެއްކަމަށްވެސް ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ، ޗައިނާގެ އެހީގައި ގިނަ މަޝްރޫޢުތަކެއް ހިންގިފައިވާކަމަށާއި ނަމަވެސް މިއީ ވަރަށް ގިނަ އަދަދެއްގެ ރަށްތަކަށް އެއްފަހަރާ ފައިދާތައް ވެގެންދާ މަޝްރޫޢުއެއްކަމަށްވުމުން މިކަމުގެ ސަބަބުން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، އެހެނިހެން މަޝްރޫޢުތަކުގެ ދުވެލި ބާރުކުރުމަށްވެސް މަގުތަކެއް ފަހިކުރުމަށްޓަކައި ބައްލަވަމުންދާކަމަށާއި ހޮސްޕިޓަލެއްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ވަރަށް އަވަހަށް ލެޓާރ އޮފް އެކްސްޗޭންޖުގައި ސޮއިކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރައްވަމުންދާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ހަގީގަތުގައި ޗައިނާގެ އައު ސަފީރު ރާއްޖެއަށް ވަޑައިގެން ކުރައްވަމުންދާ މަސައްކަތްތަކުގެ ސަބަބުން ކަންކަން ކުރިއަށްވުރެ ބާރު ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިވެފައިވާކަމަށެވެ. އެހެންކަމުން މި ފުރުސަތުގައި ޗައިނާގެ އެމްބެސެޑާރ އަދި އެ ގައުމުގެ ސަރުކާރަށް ވަރަށް އިހުލާސްތެރިކަމާއިއެކު ޝުކުރު އަދާކުރައްވާކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: