ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުފެއްދުންތެރިކަމުގެ މައުރަޒުގައި 15 ދާއިރާއަކަށް ހުޅުވާލިން: އިކޮނޮމިކް މިނިސްޓްރީ

އުފެއްދުންތެރިކަމުގެ މައުރަޒުގެ ތައްޔާރީތައް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އުފެއްދުންތެރިކަމުގެ މައުރަޒުގައި 15 ދާއިރާއަކުން، 81 ގިންތިއަށް ހުޅުވާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

މައުރަޒާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ، މި މައުރަޒުގައި ވަކި ހާއްސަ އިސްކަމެއް ދޭނެ ގިންތިތަކެއް ނުހުންނާނެ ކަމަށެވެ. އަދި މައުރަޒުގައި ދައްކާލަން ގެނެސްފައިވަނީ، އެ މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ބައިވެރިވި ކެޓެގަރީއަކަށް ތައްޔާރުކޮށްފައި ހުރި ތަކެތި ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރިއެވެ.

މައުރަޒުގައި ހިމެނޭ 15 ދާއިރާގެ ތެރެއިން އެންމެ ގިނަ އުފެއްދުންތައް ހިމެނެނީ ދިވެހިރާއްޖޭގައި ހުންނަ ތަކެތި ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މި އަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒު ހާއްސަވާ ސަބަބާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ، ކުރިން ބޭއްވުނު މައުރަޒުތައް ބަރޯސާވެފައިވަނީ އައިލެވޭ ތަކެއްޗަށް ކަމަށްވާއިރު، މި އަހަރުގެ މައުރަޒުގައި ޑިޖިޓަލް އުފެއްދުންތަކުގެ ތެރެއިން ޑިޖިޓަލް ޚިދުމަތްތަކާއި މުދާވެސް ހިމެނިގެންދާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، މި މައުރަޒަށް ޒިޔާރަތްކޮށް، މައުރަޒުގައި ހުރި ތަކެތި ބަލާލުމަކީ އެ ވުޒާރާގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. މިއީ ދިވެހިންގެ އުފެއްދުންތެރިކަން ދައްކުވައިދޭ މުހިންމު މައުރަޒެއް ކަމަށްވެސް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: