ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާގެ ސަފީރާއިއެކު މަޝްވަރާއަށް: ތަރައްޤީގެ މަންފާތައް ގެނެސްދެވޭނެކަމާމެދު ޔަޤީންކަން!

ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓަރ މުޙައްމަދު ސަޢީދު ޗައިނާގެ ސަފީރު ކޮންގ ޝިއަންހުއާ އާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ދުރު ޒަމާންވީ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ޗައިނާގެ ސަފީރާއެކު މިނިސްޓަރ މަޝްވަރާކުރެއްވިއެވެ. ދެ އިސްވެރިން ވަނީ ދިވެހިރާއްޖެއާއި ޗައިނާއާދެމެދު އޮންނަ ސްޓްރެޓެޖިކް އެއްބާރުލުމުގެ ދަށުން ދެޤައުމުގެ ތަރައްޤީ ޙިއްޞާކުރާ ތަޞައްވުރުގެ މައްޗަށް މަސައްކަތްކުރުމާމެދު ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ސަފީރު ކޮންގ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވަނީ, މިނިސްޓަރ ސަޢީދުއާއި ބައްދަލުކުރެއްވުމަކީ ލިބުނު ”ޝަރަފެއް“ ކަމަށެވެ. އަދި ދިވެހިރާއްޖެއާއި ޗައިނާގެ އިޤްތިޞާދީ އަދި ވިޔަފާރީގެ އެއްބާރުލުމުގެ ”ކާމިޔާބު ނަތީޖާތައް“ ކުރިމަގުގައި ފެނިވަޑައިގަތުމާމެދު އުފާފުޅުވާ ކަމަށް ވެސް ވިދާޅުވެފަވެއެވެ.

އެމަނިކުފާނު ވަނީ މިނިސްޓަރ އަދި އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާގެ ޓީމާ ގުޅިގެން މަސައްކަތްކުރުމާމެދު ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. މިނިސްޓަރ ސަޢީދު ވެސް ވަނީ މި ޝުޢޫރުތަކަށް އެއްބަސްވެވަޑައިގެން، ދެ ގައުމު ދޭތެރޭގައި ހިއްސާކުރާ ތަސައްވުރާ އެއްގޮތްވާ ގޮތުގެމަތިން މުހިއްމު ނަތީޖާތަކާއި، އިޤްތިޞާދީ އުއްމީދާއި، ތަރައްޤީގެ މަންފާތައް ގެނެސްދެވޭނެކަމާމެދު ޔަޤީންކަން ފާޅުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: