ވައިގެެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.6 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
މިތަކެތި އަތުލައިގަނެފައިވަނީ، ވައިގެ މަގުން ރާއްޖެ އެތެރެކޮށްފައިވާ ޝިޕްމެންޓެއްގައި މަސްތުވާތަކެތި ހުރިކަމަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާގުޅިގެން މިރޭ އެ ޝިޕްމެންޓް ބަލައި ފާސްކުރުމަށް ހިންގުނު ޚާއްސަ އޮޕަރޭޝަނެއްގެ ތެރޭގައެވެ.
މިގޮތުން އަތުލައިގަނެވުނު މަސްތުވާތަކެތި ފުރަތަމަ މަރުޙަލާގެ ތަހުލީލުތަކުން މެތަމްފެޓަމައިން އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މި ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 3.6 ކިލޯގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 7.2 މިލިއަން ދިވެހި ރުފިޔާކަމަށް ލަފާކުރެވެއެވެ.
މި މައްސަލަ އިތުރަށް ތަޙުޤީޤުކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރުވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކުރެވިފައިކަމަށް ކަސްޓަމްސްއިން ބުންޏެވެ.

