ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީގެ ނަމުގައި ސްކޭމް މެސެޖު ކުރާތީ ސަމާލުވާން އެދިއްޖެ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިމާރާތް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވިނަރެސް ފުލެޓަށް އެޕްލައިކުރުމަށް އެދި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ސްކޭމް މެސެޖު ކުރާތީ އެކަމަށް ސަމާލުވާން އެދިއްޖެއެވެ.

އެޗްޑީސީއިން މިކަން ހިއްސާ ކުރީ އެކްސްގައެވެ. އެގޮތުން އެޗްޑީސީއިން ބުނީ ފައިސާއާއި ޕޭމެންޓާއި ބެހޭ އެއްވެސް ލިންކެއް ނުފޮނުވާނެކަން ހަނދުމަކޮށް އަރުވާކަމަށެވެ. މިފަދަ މެސެޖްތަކާއި ލިންކުތަކަށް ސަމާލުވުމަށް އިލްތިމާސްކޮޑްފައިވެއެވެ.

މިފަދަ މައްސަލަތައް އާންމުވަމުން އަންނައިރު، އެންޓި ސްކޭމް ސެންޓަރުން ވަނީ ދާދި ފަހުން އެ ސެންޓަރުގެ ތަފާސް ހިސާބުތައް ހިއްސާކޮށްފައެވެ.

އެގޮތުން މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ސްކޭމް މައްސަލަތަކުގެ ތަފާސްހިސާބުތައް ހިއްސާކޮށްފައިވާއިރު، ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ސެންޓަރަށް 45 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. ޖުމްލަ 481,520.67 ރުފިޔާ ގެއްލިފަވާއިރު 383,610.08 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ.

ގެއްލުނު ފައިސާގެ ތެރެއިން 80 އިންސައްތަ ހޯދާފަވާއިރު އެންމެ ގިނައިން ހިންގާފައިވަނީ އީ-ކޮމާސް ސްކޭމްގެ މައްސަލަތަކެވެ. އެގޮތުން އެބާވަތުގެ 26 މައްސަލަ ހުށަހަޅާފައިވެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ސްކޭމަރުން ބޭނުންކޮށްފައިވަނީ ފޭސްބުކް މާކެޓްޕްލޭސްއެވެ. ފޭސްބުކް މާކެޓްޕްލޭސް 20 މައްސަލަ އެންޓި ސްކޭމް ސެންޓަރަށް ފާއިތުވި އެއް ހަފްތާގެ ތެރޭގައި ހުށަހަޅާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: