ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާ ހައި ކޮމިޝަނުން ރާއްޖޭގައި ފުޓްސަލް މުބާރާތެއް ކުރިއަށް ގެންގޮސްފި

ފުޓްސަލް މުބާރާތުގެ މައުލޫމާތުތައް: ފޮޓޯ/ ސްރީލަންކާ ފްރެންޑްޝިޕް ފޯރަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގެ ހައި ކޮމިޝަނުން ރާއްޖޭގައި ފުޓްސެލް މުބާރާތެއް ކުރިއަށް ގެންގޮސްފިއެވެ.

ސްރީލަންކާގެ ހައި ކޮމިޝަނުން ކުރިއަށް ގެންދިޔަ ފުޓްސަލް ޓޯނަމެންޓަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަކޮށްގެން ބޭއްވި ހަރަކާތެކެވެ. މިހާރު މި މުބާރާތް ކުރިއަށް ގެންދިއުމަށްޓަކައި ހައިކޮމިޝަން އިމާރާތުގައި މެޗް ޑްރޯ ނެގުން އަދި ވަނަތައް ހޮވައި ހަވާލުކުރުމަށް ކަނޑައެޅި ތަށިތައްވެސް ދައްކާލުމަށްޓަކައި ރަސްމިއްޔާތެއް ބާއްވާފައިވެއެވެ.

މި މުބާރާތަކީ ރާއްޖޭގައި އެ ގައުމުން ބާއްވާ މިފަދަ ފުރަތަމަ ފުޓްސަލް ޓޯނަމެންޓެވެ. މި މުބާރާތް ކުރިއަށް ގެންދިޔައީ މިއަދު ހެނދުނުގައިކަން ފާހަގަކުރެވެއެވެ. ޗީފް ގެސްޓެއްގެ ގޮތުގައި ރާއްޖޭގެ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް ރައްޒާގް އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއިރު އެ ގައުމުގެ ހައިކޮމިޝަނަރުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

16 ޓީމަކުން ވާދަކުރާ މި މުބާރާތުގައި ތިން ވަނައެއް ހޮވިއިރު އެއްވަނަ ލިބޭ ޓީމަކަށް 5000 ރުފިޔާގެ އިނާމެއް ދިނުމަށް ކަނޑައެޅިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: