ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޑރ މުއިއްޒު އުފެއްދުންތެރިކަމުގެ މައުރަޒު ހުޅުއްވައިދެއްވައިފި

އުފެއްދުންތެރިކަމުގެ މައުރަޒް އިފްތިތާހުކުރުން: ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒު ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025 ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައުރަޒުގައި ދެ ބައެއްގެ ގޮތުގައި ކުރިއަށްދާނެއެވެ. އެއީ ވާދަވެރި ބައިވެރިންނާއި ޝޯކޭސްގެ ގޮތުގައި ބައިވެރިވާ ފަރާތްތަކެވެ. ވާދަކުރުމުގެ ބައިގައި 3000 އަށްވުރެ ގިނަ އައިޓަމް ބައިވެރިކޮށްފައިވާއިރު، ޖަޖްކުރުމަށްފަހު އިނާމު ދިނުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މައުރަޒުގައި ޝޯކޭސް ކުރެވޭ ތަކެތީގެ ތެރޭގައި ކާބޯތަކެތި، ގަހަނާ، ޑިޖިޓަލް ޕްރޮޑަކްޓްތަކާއި ބޭސްވެރިކަމުގެ ދާއިރާގެ އުފެއްދުންތައް ހިމެނެއެވެ. މީގެއިތުރުން، މައުރަޒުގެ ތެރެއިން ލައިވްކޮށް އެކި މަސައްކަތްތައް ދައްކުވައިދިނުމުގެ ހަރަކާތްތައްވެސް ކުރިއަށްދާނެއެވެ. މި މައުރަޒުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި އުފެއްދުންތެރިކަން އިތުރުކުރުމާއި މަސައްކަތްތަކަށް ޝައުޤުވެރިކަން އިތުރުކުރުމެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދުފުޅާ އެއްގޮތަށް، މި މައުރަޒަކީ ކޮންމެ އަހަރަކު އިތުރަށް ފުޅާވެގެންދާނެ މައުރަޒެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މި މައުރަޒަކީ ބައިނަލްއަޤްވާމީ ފަރާތްތަކުގެ ބައިވެރިވުން ހިމެނޭ މައުރަޒެއްގެ ގޮތުގައި ތަރައްޤީކުރުމަށްވެސް ވަނީ ރޭވިފައެވެ.

ރަސްމީ ހުޅުވުމަށްފަހު ރައީސް ޑރ މުއިއްޒު ވަނީ މައުރަޒުގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ، ބައިވެރިންގެ އުފެއްދުންތަކާ ބެހޭގޮތުން މަޢުލޫމާތު ހޯއްދަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: