ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކިމްގެ އަތުން ފޭރުނު މައްސަލައިގައި ހިމެނޭ މީހުންނަށް ކުށް ސާބިތުވެއްޖެ

ކިމް ކާޑޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ރިއަލިޓީ ޓީވީ ސްޓާރެއްކަމަށްވާ ކިމް ކާޑޭޝަން ގެ އަތުން ފޭރެން އުޅުނުކަމުގެ ކުށުގައި ހައްޔަރުކުރި މީހުންގެ ތެރެއިން 8 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ.

މިއީ 2016 ވަނަ އަހަރު ހިނގި ޙާދިސާއެކެވެ. އެގޮތުން ޕެރިސް ފެޝަން ވީކް ކުރިއަށް ދިޔައިރު ކިމް އޭރު ހުރި ހޮޓަލުގެ ކޮޓަރިއަށް ވަދެގަނެ، ބަޑިން ބިރު ދެއްކުމަށްފަހު އޭނާގެ އަތުން 10 މިލިއަން ޑޮލަރުގެ އަގުހުރި ގަހަނާ ފޭރިގެން ދިޔަކަމަށް 9 ފިރިހެނަކާއި 1 އަންހެނެއްގެ މައްޗަށް ތުހުމަތު ކުރެވުނެވެ.

އޭގެ ތެރެއިން ދެމީހެއްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ވަނީ ޙުކުމްކޮށްފައެވެ. އަދި ހަތަރު މީހަކަށް 8 އަހަރުގެ ޙުކުމް އިއްވާފައިވީނަމަވެސް އެމީހުން ޖަލަށް ދާން ނުޖެހޭނެކަމަށް ބީބީސީގައި ރިޕޯޓުކޮށްފައިވެއެވެ. ސަބަބަކީ މި މައްސަލައަށް 10 ވަރަކަށް އަހަރުވާއިރު، އެމީހުން މިހާރު ޙުކުމުގެ މުއްދަތު ޖަލުގައި ހޭދަކޮށްފައިވާތީއެވެ.

މި ޙާދިސާއާ ގުޅޭގޮތުން ކިމް ބުނެފައިވަނީ މިއީ އޭނާގެ ޙަޔާތުގައިވެސް ދިމާވި އެންމެ ބިރުވެރި ޙާދިސާ ކަމަށެވެ. އަދި މި ޙާދިސާގެ ސަބަބުން އޭނާގެ އާއިލާއަށްވެސް ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވިކަމަށް މި ޙުކުމަށްފަހު ނެރުނު ބަޔާނެއްގައި އޭނާ ބުނެފައިވެއެވެ.

މި ޙާދިސާ ހިނގި ގޮތް މީގެ ކުރިންވެސް ކިމް ވަނީ ކިޔާދީފައެވެ. އެގޮތުން ޙާދިސާ ހިނގިރޭ މެންދަމު 03:00 ހާއިރު ދެމީހަކު ހަތިޔާރާއެކު އޭނާގެ ކޮޓަރިއަށް ވަތް ކަމަށާއި، އެމީހުން ވަނީ ހޮޓަލުގެ ރިސެޕްޝަނިސްޓުވެސް ގޮވައިގެންކަމަށް އޭނާ ކިޔާދިނެވެ. އެމީހުން ތިބީވެސް ފުލުހުންގެ ޔުނިފޯމުގައި ކަމަށާއި، ރިސެޕްޝަނިސްޓުވެސް އޭރު ހުރީ ކަނުބަނދެ، އަނގަމަތީގައި ފޮތިގަނޑެއް އަޅާފައިކަމަށް ކިމް ބުނެއެވެ.

އެމީހުން ވަދެ ކިމްގެ އެންގޭޖްމަންޓް އަނގޮޓި ނެގުމަށްފަހު، އިތުރު ގަހަނާތައްވެސް ފޭރުނުކަމަށް އޭނާ ކިޔާދީފައިވެއެވެ. އަދި އެވަގުތު އޭނާގެ ކުޑަކުޑަ ދަރިންތަކެއް ތިބޭ ކަމަށާއި، އޭނާ ދޫކޮށްލުމަށް އެދި އާދޭސް ކުރަމުން ދިޔަކަމަށްވެސް އޭނާ ކިޔާދިނެވެ.

އެމީހުން ގަހަނާތައް ވަގަށް ނެގުމަށްފަހު އެތަނުން ނުކުމެގެން ދިޔައީއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: