ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމަށް މަސައްކަތްކުރާ އެންޖީއޯތަކުގެ ދައުރު ފުޅާކުރަނީ!

މި ބައްދަލުވުމުގައި މުހިއްމު ގިނަ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވޭ
ޝެއާރކޮށްލާ ކަހަލަދޯ؟

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާ ޔޫތު މިނިސްޓްރިއާ ގުޅިގެން އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމަށް މަސައްކަތްކުރާ އަދި އިޖްތިމާޢީ ޚިދުމަތްތައް ފޯރުކޮށްދޭ އެންޖީއޯތަކާއެކު މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފިއެވެ.

މި ބައްދަލުވުމުގައި އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ ޢާއިޝަތު ޝިހާމް އަދި މިނިސްޓަރ ފޯރ ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި މުހިއްމު ގިނަ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ. އޭގެ ތެރޭގައި އެންޖީއޯތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ބައިވެރިވުން އިތުރުކުރުމާއި، އިޖުތިމާޢީ ކަންކަމުގައި ޝާމިލުވާ މިންވަރު އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.

މީގެ އިތުރުން، އެންޖީއޯތައް މެދުވެރިކޮށް މުޖުތަމަޢު ބާރުވެރިކުރުމަށް ކުރެވިދާނެ ކަންކަމާއި އެންޖީއޯތަކުގެ ދައުރު ފުޅާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

ހަމައެއާއެކު، މިފަދަ މަޤްސަދެއްގައި ގުޅިގެން މަސައްކަތްކުރާއިރު، އެއް މިނިސްޓްރީން އަނެއް މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ވަސީލަތްތައް ފަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުވުމަކީ އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމާއި އިޖުތިމާޢީ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރާއި އެންޖީއޯތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމަށް ވަރަށް މުހިންމު މަސައްކަތަކަށް ވެގެންދާނެކަމަށް ދެ ވަޒީރުން ވަނީ ފާހަގަކުރައްވާފައެވެ.

ސަރުކާރު ހިންގުމުގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމާއި، އަންހެނުންނަކީ ފުދުންތެރި ބާރުވެރި ބަޔަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، ތަޢުލީމާއި، ޞިއްޙަތާއި، އިޖުތިމާޢީ މި ނޫން ޚިދުމަތްތަކާއި، ވެރިކަން ހިންގުމާއި، ވިޔަފާރިއާއި އިޤްތިޞާދީ މަސައްކަތްތަކާއި އަދި މި ނޫނަސް މުޖުތަމަޢެއްގެ ދިރުމާއި ކުރިއެރުމާ ގުޅިފައިވާ ކޮންމެ ކަމެއްވެސް ހިނގަމުންދާނީ އަދި ކާމިޔާބުވެ ކުރިއަރާނީ އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއެކު ކަމަށެވެ.

ދިވެހި ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތަކީ، މުޖުމަތަޢުގައި އަންހެން ދަރީންނަށް އޮތް ފުރުޞަތުތައް އިތުރަށް ފަހިކޮށް ދިނުންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރު ހިންގުމުގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމާއި، އަންހެނުންނަކީ ފުދުންތެރި ބާރުވެރި ބަޔަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

އަންހެނުން ބާރުވެރި ކުރުވުމަކީ މި ސަރުކާރުގެ އިސް އަމާޒެކެވެ. އެގޮތުން ރަމަޟާން މަހުން ފަށައިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް ރޯދަ އިނާޔަތް ދިނުމަށް ދާދި ފަހުން ވަނީ ޤާނޫނަށް އިސްލާޙުވެސް ގެނެސްފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދެކެވެ. މި ނިންމުމަކީ އަންހެނުންގެ ދައުރު ފުޅާކޮށް، އެ ފަރާތްތަކުގެ މަސައްކަތްތަކުގެ އަގުވަޒަންކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

ސަރުކާރުގެ ސިޔާސަތަކީވެސް އަންހެނުންނާއި ފިރިހެނުންނަކީ ހަމަހަމަކަމާއެކު އެއް ހައިސިއްޔަތެއް ލިބިގެން މަސައްކަތް ކުރާ ބަޔަކަށް ހެދުންކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

މި ސަރުކާރުގައި ކުންފުނިތަކުގެ ވެރިންނާއި އެހެނިހެން އިސް މަގާމުތަކުގައި އެންމެ ގިނައީ އަންހެނުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: