ސީއެސްއާރްގެ ދަށުން ދިރާގުން ދައުލަތުގެ ދަށުން ބައްލަހައްޓާ ކުދިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ޖެންޑާރ މިނިސްޓްރީން އާންމުކޮށްފައިވާގޮތުން ދިރާގުންވަނީ އެ ކުންފުނީ ކޯރޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ މަސައްކަތްތަކުގެ ތެރެއިން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރޯދަ މަހުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ތެރެއިން ބޮޑު ކާމިޔާބީއެއް ލިބިފައިވާކަން ހިއްސާކުރިއެވެ.
ދިރާގުގެ ސީއެސްއާރް ޕްރޮގްރާމް މެދުވެރިކޮށް އެ ކުންފުނިންވަނީ ދައުލަތުގެ ބެލުމުގެ ދަށުން ކުދިން ބަލަހައްޓަމުންދާ މަރުކަޒުތަކަށް 230،380 ރުފިޔާ ހަދިޔާކޮށްފައެވެ. ދިރާގުންވަނީ ރަސްމީގޮތުން ހަވާލުކޮށްފައިކަމަށްވާއިރު ޖެންޑާރ މިނިސްޓްރީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ އައިޝަތު ޝިހާމްއެވެ.
ދިރާގަކީ ރާއްޖޭގެ އިޖްތިމާއީ ކުރިއެރުމަށްޓަކައި އެކި ގޮތްގޮތުން ރައްޔިތުންނާއި ގާތުން މަސައްކަތްކުރަމުންދާ ކުންފުންޏެކެވެ. އަދި ސީއެސްއާރްގެ ދަށުން އެ ކުންފުނިން މިގޮތުގެ މަތިން އެކި ފުރުސަތުތަކުގައި އެހީތެރިކަން ދީފައިވެއެވެ.

