ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަންގުޓީވީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކޮށް، މުވައްޒަފުންގެ އަގުވަޒަންކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސަންގުޓީވީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ޙަފްލާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ސަންގުޓީވީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ޙަފްލާ، ކުރިއަށް ގެންގޮސްފައި ވަނީ ހުޅުމާލެ، ފޭސް ދޭއް ފަރުކޮޅުފުށީގައެވެ.

މިރޭގެ ޙަފްލާގައި، ސަންގުޓީވީގެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެވޯޑާއި ހަނދާނީ ފިލާ ވަނީ އަރުވާފަ އެވެ.

އެގޮތުން ސަންގުޓީވީ ސްޓާފް އޮފް ދި އިޔަރ 2024ގެ އިނާމު ޙާޞިލު ކުރީ މާހަތު ޙުސައިން ރަޝީދު (މާތު) އެވެ. މި އެވޯޑު މާތުއަށް ޙަވާލުކޮށްދެއްވީ ރައީސް މުޢިއްޒުއެވެ. އަދި މޯސްޓް ޕްރޮމިސިންގ އެމްޕްލޯއި 2024 ކާމިޔާބު ކުރީ ވީޑިއޯ ޖާނަލިސްޓު އާމިނަތު ވިރުޝާ އެވެ. ވިރުޝާއަށް އެވޯޑް ޙަވާލުކޮށްދެއްވީ ފަސްޓްލޭޑީ ސާޖިދާ މުޙައްމަދުއެވެ.

އެކި ގޮތްގޮތުން ފާހަގަކުރެވޭ ކާމިޔާބީތައް ޙާޞިލުކުރި މުވައްޒަފުންނާއި، އެކި ގޮތްގޮތުން ސަންގުޓީވީއަށް އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށްވެސް މިރޭގެ ޙަފްލާގައި ހަނދާނީ ފިލާ ޙަވާލުކޮށްދެއްވުން އޮތެވެ.

އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، ސަންގުޓީވީގެ އިސްވެރިންނާއި މުވައްޒަފުންނާއެކު، މުނާސަބަތަށް ޚާއްޞަކުރެވިފައި އޮތް ކޭކެއް ފަޅުއްވައިދެއްވާފަ އެވެ.

ސަންގުގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ހަވާ ވެސް ވަނީ އަރުވާފަ އެވެ.

ޕްރައިވެޓް މީޑިއާއެއްގެ ގޮތުގައި ސަންގުޓީވީ އުފެދިގެން އައީ އެޕްރީލް 30، 2015 ގައެވެ. އޭގެ ފަހުން މިއަދާ ހަމަޔަށް ސަންގުޓީވީއިން އަންނަނީ ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ މީޑިއާ ދާއިރާގައި މެދުކެނޑުމެއްނެތި ހަރަކާތްތެރިވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: