ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑުމެން އަރުވާ ޔަގީން ކަމަކީ ސަންގު އޮންނާނީ ތެދު މައުލޫމާތާއި ހަބަރު ފެތުރުމުގައިކަން: ލީނާޒް

ސަންގުޓީވީގެ އަހަރީ ދުވަހުގެ ހަފްލާގައި ސަންގުޓީވީގެ ޑިރެކްޓަރ ލީނާޒް ހުސެއިން ވާހަކަފުޅުދެއްކެވުން --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ތަނުގައިވެސް ސަންގު އޮންނާނީ ތެދު މައުލޫމާތައި ހަބަރު ފޯރުވުމުގައި ކަމަށާއި އެކަމުގެ ޔަގީންކަން އެންމެހާއި ފަރާތްތަކަށް އަރުވާކަމަށް ސަންގުޓީވީގެ ޑިރެކްޓަރ ލީނާޒް ހުސެއިން ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ދިހަވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ބޭއްވި ހަފްލާގައި ލީނާޒް ވިދާޅުވީ އުމުރުން 10 އަހަރަކީ ކުރު އެހެނަސް އެއްފެންވަރެއްގައި ދެމި ހުރުމަށް ބަލާއިރު ދިގު އުމުރެއް ކަމަށެވެ. ލީނާޒް ވިދާޅުވީ ސަންގު ވުޖޫދު ކުރެވުނީ 30 އޭޕްރިލް 2015 ގައި ކަމަށާއި، އެ ރަސްމިއްޔާތު ބޭއްވުނީ ނޭޝަނަލް އާޓް ގެލެރީގައި ކަމަށެވެ.

އޭރު ސަންގު ވުޖޫދުވެގެން އައި ގޮތް ވިދާޅުވަމުން ލީނާޒް ފާހަގަކުރެވީ 2015ވަނަ އަހަރު ސީޔާސީ ހަލަބޮލި ކަމުގެ ތެރެއިން ސަންގުޓީވީ ވުޖޫދު ކުރެވުނުއިރު ސިޔާސީ އެކި ސަބަބުތަކާއި ހުރެ ޓީވީ ހުޅުވައިދެއްވާނެ ފަރާތެއް ނުވި ކަމަށާއި އެހެންނަމަވެސް އޭގެފަހަށް ސަންގު ހުޅުވައިދެއްވީ ދިވެހި ބަހުގެ އުސްތާޒް އަބްދުﷲ ޞާދިޤް (ދޯދުބެ) ކަމަށެވެ. އަދި އެރޭ ސަންގުގެ ޓްރާންސްމިޝަން ފަށްޓަވާ ސަންގުން ދޮގެއް ނުހަދާނެ ކަމަށް ސޯދުބެ ވިދާޅުވި ކަމަށް ލީނާޒް ފާހަގަކުރެއްވިއެވެ.

”ސަންގަކަނީ އަބަދުވެސް ރާއްޖޭގައި ތެދު ފޯރުކޯށްދޭން ބޭނުން ކުރި ވަސީލަތެކޭ. ރައްޔިތުންގެ މަސައްކަތުންވެސް ނިކުންނަން ފުމޭނީ ސަންގޭ. ރަށުގައި ބޮޑުކަމެއް ހާދިސާއެއް ހިނގިޔަސް ގޮވާނީ ސަންގޭ. ރޯދަ މަހު ރޯދަ ވީއްލަންވެސް ގޮވާނީ ސަންގޭ. އެގޮތުން ސޯދުބެއަށް ސަންގު މިނަން ވަރަށް ކަމުދެޔޭ. އެއީ ސަންގުން ދޮގެއް ނުހަދާނެޔޭ. ސަންގުގެ ސްލޯގަން ސެޓު ކޮށްދެނީ ބަހުގެ އުސްތާޒް ސޯދުބެ. ސޯދުބެއާއި ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެން މިރޭވެސް އަރުވާ ޔަގީން ކަމަކީ ސަންގު އޮންނާނީ ތެދު މައުލޫމާތާއި ހަބަރު ފެތުރުމުގައިކަން“

ލީނާޒް ވިދާޅުވީ ސަންގު ހިންގެވުމުގައި އެކި ދުވަސްވަރުގައި އެކި ފަރާތްތަކުން ޝާމިލްވެފައި ވާކަމަށެވެ. އަދި އެކަމަށް ލީނާޒް ވަނީ ޝުކުރުވެސް އަދާކުރައްވާފައެވެ. އެހެންނަމަވެސް ލީނާޒް ވިދާޅުވީ ސަންގު ޓީވީގެ ހަގީގީ ސީއީއޯއަކީ އަސްވާޑްގެ މަންމަ އަލްމަރުހޫމާއި ފާތިމަތު އިބްރާހީމް ކަމަށެވެ. އަސްވާޑްގެ މަންމައަކީ 2015 ވަނަ އަހަރު ޓީވީ ހުޅުވި ދުވަހުން ފެށިގެން 2020 އަދި 2021 ވަނަ އަހަރާއި ހަމައަށް ކޮންމެ ދުވަހަކުވެސް ވަރަށް ހެނދުނާއި އޮފީހަށް ވަޑައިގެން އޮފީސް ހުޅުވިތޯ ޗެކުކޮށް އޮފީހަށް ހާޒިރުވާ މުވައްޒަފުންގެ ހާޒިރީ ބަލައި އެކަން އަޒްވާޑްއަށް ރިޕޯޓްކޮށް ސަންގަށް ދިމާވި ވަރަށް ގިނަ ދަތިތަކުގައި އަމަލީގޮތުން އެހީތެރިކަން ދެއްވި ވަރަށް ހާއްސަ ފަރާތެއް ކަމަށް ލީނާޒް ވިދާޅުވިއެވެ.

މިޓީވީ ކޮޅިގަނޑުތަކުން ސަލާމަތްވެގެން އެއް މިންގަނޑެއްގައި ހިފަހައްޓަން ސަންގަށް ވިޔަފާރި ވެރިންނާއި ސްޕޮންސަރުން ދިން އެހީތެރިކަން ލީނާޒް ވަނީ ފާހަގަކުރައްވާފައެވެ. ލީނާޒް ވިދާޅުވީ އެއީ ބަޔާންކުރަން ދަތި އެހެންނަމަވެސް އާދަޔާ ހިލާފު މަސައްކަތްތަކެއް ކަމަށެވެ. ސަންގު ފުމުން ހުއްޓުނަ ނުދިނުމަށް ރާއްޖޭގެ ވިޔަފާރިވެރިންގެ ވަރަށް ބޮޑު ޝައުގެއް އޮތް ކަމަށް ލީނާޒް ވިދާޅުވިއެވެ.

މީގެއިތުރަށް ލީނާޒް ވަނީ ސަންގުގެ މުވައްޒަފުން ކުރަމުން އައި ބުރަ މަސައްކަތްވެސް ފާހަގަކޮށްފައެވެ. އެގޮތުން މުވައްޒަފުން ކުރަމުން އަންނަނީ ވަރަށް އާދަޔާހިލާފު ބުރަ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ. ސަންގުގެ ކާމިޔާބީތައް ބިނާވެގެން އަންނަނީ ސަންގުގެ އެހާރާއި މިހާރުގެ މުވައްޒަފުންގެ މައްޗަށް ކަމަށް ލީނާޒް ވިދާޅުވިއެވެ. މުވައްޒަފުން ކުރި މަސައްކަތުން ރައްޔިތުންގެ އިތުބާރު ޓީވީއަށް ލިބިފައިވާކަމަށް ލީނާޒް ފާހަގަކުރެއްވިއެވެ.

ލީނާޒް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއަކީ ސަންގާއި އަބަދުވެސް ވަރަށް ގާތް ފަރާތެއްކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު މޭޔަރަކަށް ވަޑައިގަތުމުގެ ކުރިން އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަންނާނެ ކަންވެސް ނެންގޭއިރުން ފެށިގެންވެސް ސަންގާއިއެކު ރައީސް މުއިއްޒުގެ އެކުވެރިކަމެއް އޮންނަ ކަމަށް ލީނާޒް ވިދާޅުވިއެވެ. މަގާމެއް ހައިސިއްޔަތެއް ނެތި އުފެދިފައިވާ މި ގުޅުމަކީ އިހުލާސްތެރި އެކުވެރިކަމެއް ކަމަށް ލީނާޒް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: