ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދުގެ ރީތީ ތާރީޚުގައި 59 ކައިވެނި، ވަރިއާ ގުޅޭ 22 މައްސަލަ

ފެމިލީ ކޯޓު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

2025 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހު (25.05.25) ގައި ފެމިލީ ކޯޓުގައި ގިނަ ބަޔަކު ކައިވެނި ކުރުމަށް ހަމަޖެހިއްޖެއެވެ.

ފެމިލީ ކޯޓުން މައުލޫމާތު ދޭ ގޮތުގައި މި ތާރީޚުގައި ފެމިލީ ކޯޓުގައި ޖުމްލަ 59 ކާވެނި ކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

ރީތި ތާރީޚުތަކުގައި ކައިވެނި ކުރުމަކީ ބައެއް ފަރާތްތަކުން ކޮށްއުޅޭ ކަމެކެވެ. މީގެކުރިން ބައެއް ބަންދު ދުވަސްތަކުގައި ކައިވެނި ކޮށެއް ނުދެއެވެ. އަދި އަހަރުގެ ބައެއް ރީތި ތާރީޚުތަކުގައި ވެސް ކައިވެނިކޮށެއް ނުދެއެވެ.

އަހަރުގެ ހުރިހާ ދުވަހެއްގައި ވެސް ކައިވެނިކޮށްދޭ ގޮތަށް ހަމަޖެއްސީ 2022 ވަނަ އަހަރުން ފެށިގެންނެވެ.

ކޯޓުގައި ކައިވެނިކޮށްދޭނީ ހެނދުނު 9:00އިން ފެށިގެން މެންދުރު 11:30އަށެވެ. އަދި މެންދުރު 1:00އިން 2:00އަށެވެ. ކޯޓުން ބޭރުގައި ކައިވެނި ކުރާނަމަ ހަވީރު 4:00އިން ފެށިގެން ރޭގަނޑު 9:30އާ ހަމައަށް ކައިވެނިކޮށްދެއެވެ.

މީގެ އިތުރުން، މި ތާރީޚުގައި ވަރިއާ ގުޅޭ 22 މައްސަލައެއް ތާވަލު ކުރެވިފައިވާކަމަށްވެސް ފެމިލީ ކޯޓުން މައުލޫމާތު ދެއެވެ.

މިއީ މި އަހަރުގެ މިހާތަނަށް މިކޯޓުގައި އެއްދުވަހާ އެންމެ ގިނަ ކާވެނި ޢަޤްދު ކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސްކަމުގައިވާތީ ކޯޓަށް ވަޑައިގަންނަވާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކޯޓުން ވަނީ ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: